ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމަށް ފަސް މެޗުން ބަލިވެ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުރާ މަސައްކަތުގައި ކަންބޮޑުވެ ހާސްވުމާއި ކުރިމަތިލާން ޖެހިއްޖެއެވެ. އެންމެ ފަހުން ކުރިމަތިވި ނާކާމިޔާބީއަކީ އަސުންސިއޯންގައި ޕެރަގުއޭ އަތުން 1-0 އިން ބަލިވުމުން ޓީމުގެ މުސްތަގުބަލާ މެދު ސަޕޯޓަރުން ކަންބޮޑުވުމެވެ. މެޗު ނިމެން އެންމެ 20 މިނެޓަށް ވެފައިވަނިކޮށް އިންޓަ މިއާމީގެ ޑިއޭގޯ ގޮމޭޒް ގޯލު ޖެހިއިރު، ބްރެޒިލްއަށް ފުރުސަތުތައް އުފެއްދުމަށް އުނދަގޫތަކެއް ކުރިމަތިވެ، ފުރަތަމަ ހާފުގައި ގޯލަށް ފޮނުވާލި އެންމެ ޝޮޓެއް ވެސް ކާމިޔާބެއް ނުކުރެވުނެވެ.
ލިވަޕޫލްގެ އެލިސަން އާއި ނިއުކާސަލްގެ ބްރޫނޯ ގުއިމަރޭސް އަދި ރެއާލް މެޑްރިޑްގެ އެޓޭކިން ތިން ކުޅުންތެރިން ކަމަށްވާ ރޮޑްރިގޯ، އެންޑްރިކް އަދި ވިނިސިއަސް ޖޫނިއާ ފަދަ ބްރެޒިލް ތަރިންނަށް ހަމަ އެއްކަމެއްވެސް ނުކުރެވުނެވެ. މާޔޫސްވީ ސަޕޯޓަރުންނެވެ.
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވިނިޝިއަސް ޖޫނިއާ ވަނީ މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދި، އެ ޓީމުގެ އުނދަގޫތައް ގަބޫލުކޮށްފަ އެވެ. "އަހަންނަށް އެނގޭ މިއީ އުނދަގޫ ވަގުތެއްކަން، އެކަމަކު އަހަރެމެން މަސައްކަތް މިކުރަނީ ރަނގަޅު ކުރަން. މިއީ ކޮމްޕްލިކޭޓެޑް ޕްރޮސެސްއަކަށް ވެފައި ވަނީ ގޯލް ނުޖެހޭތީ،" ބްރެޒިލްއަށް ކުޅުނު 35 މެޗުން އެންމެ ފަސް ގޯލް ޖެހި ވިނިޝިއަސް ބުންޏެވެ.
ދެކުނު އެމެރިކާގެ ކޮލިފައިން ތާވަލުގައި ބުރެޒިލް މިވަގތު އޮތީ ފަސްވަނައިގައެވެ. އަށް މެޗު ކުޅެ މޮޅުވީ ތިން މެޗުންނެވެ.

ފަސް ވަނައިގައި ބްރެޒިލް މިވަގުތު އޮތްއިރު މޮޅުވީ އެންމެ ތިން މެޗުން ކަމަށްވާއިރު އެއް މެޗުން އެއްވަރުވެ 4 މެޗުން ވީ ބައްޔެވެ.
ޖެނުއަރީ މަހު މަގާމާ ހަވާލުވި މެނޭޖަރު ޑޮރިވަލް ޖޫނިއާ އަށް ވަނީ ހުނަރުވެރި ކުޅުންތެރިންތައް ތިބި ސްކޮޑަށް ނަތީޖާއެއް ނުނެރެވި އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ފަހަކަށް އައިސް ބައިނަލްއަގްވާމީ ފުޓުބޯޅާއިގައި ބުރެޒިލްގެ ނަން މިދަނީ ފަނޑުވަމުންނެވެ.
މިފަހަރު ބުރެޒިލް އަށް ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަކީ ސަޕޯޓަރުންގެ އުއްމީދެވެ.









