ވިޔަފާރިތަކަށް ބޭނުންވާ އިންވޮއިސްތަކާއި ކޯޓޭޝަންތައް ފަދަ ލިޔެކިޔުންތައް އަތުން ލިޔެގެން ނުވަތަ އެހެން ފަރާތްތަކަށް ބަރޯސާވެގެން ތައްޔާރުކުރުމަކީ، ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ތަކުލީފެކެވެ. ނަމަވެސް، މިފަދަ ކަންކަމަށް ލުއި ފަސޭހަ އަދި އަގުހެޔޮ ހައްލެއް ހޯދައިދިނުމުގެ ގޮތުން ދިވެހިރާއްޖޭގައި މިވަނީ "އިންވޯޒާ" (Invoaxa) ގެ ނަމުގައި ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައެވެ.
"އިންވޯޒާ" އަކީ އެކައުންޓިންގެ ފުންނާބު އުސް މައުލޫމާތެއް ނުވަތަ ޓެކްނިކަލް ހުނަރެއް ނެތް މީހަކަށް ވެސް، މަދު މިނެޓުކޮޅެއްގެ ތެރޭގައި ފުރިހަމަ ޕްރޮފެޝަނަލް އިންވޮއިސް، ކޯޓޭޝަން، ޑެލިވަރީ ނޯޓް އަދި ޕޭމަންޓް ވައުޗަރު ފަދަ ވިޔަފާރީގެ މުހިންމު ލިޔެކިޔުންތައް ތައްޔާރުކޮށްލެވޭނެ ހުރިހާ ހިދުމަތެއް އެކުލެވޭ (އޯލް-އިން-ވަން) ޕްލެޓްފޯމެކެވެ.
ދިވެހި ވިޔަފާރިވެރިންގެ ބޭނުންތަކަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި ޕްލެޓްފޯމުގެ ސަބަބުން، ކޮންމެ ދުވަހަކު ތައްޔާރުކުރަންޖެހޭ އާދައިގެ ލިޔެކިޔުންތަކަށް އެހެން މީހުންގެ އެހީތެރިކަން ހޯދަން ނުޖެހި، އަމިއްލައަށް ކަންކަން މެނޭޖްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ލިބިގެންދެއެވެ.
މި ޕްލެޓްފޯމުގެ ވެބްސައިޓް (https://invoaxa.com) މެދުވެރިކޮށް ސޭލްސް އިންވޮއިސް، ޓެކްސް އިންވޮއިސް، ޕާޗޭސް އިންވޮއިސް އަދި ކޯޓޭޝަންތައް ބޭނުން ގޮތަކަށް ބަދަލުކޮށްލެވޭ ޓެމްޕްލޭޓްތައް ބޭނުންކޮށްގެން ތައްޔާރުކޮށްލެވެއެވެ. މީގެ އިތުރުން ވިޔަފާރީގެ ލޯގޯ، ޑިޖިޓަލް ތައްގަނޑު، ސޮއި އަދި ކަސްޓަމަރުންގެ މައުލޫމާތު ހިމަނައިގެން ރީތިކޮށް ލިޔުންތައް ނިންމާލުމަށްފަހު، ޕީޑީއެފް ފޯމެޓުގައި ޑައުންލޯޑްކޮށް، ސީދާ ކަސްޓަމަރުންނާ ހިއްސާކޮށްލެވެއެވެ.
މި ޕްލެޓްފޯމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފަސޭހައަކީ، ކުރިން ހަދާފައިވާ ކޯޓޭޝަނެއްގައިވާ މައުލޫމާތު އަލުން ޓައިޕްކުރަން ނުޖެހި، އެއް ކްލިކަކުން އިންވޮއިސްއަކަށް ބަދަލުކޮށްލެވުމެވެ. މީގެ ސަބަބުން ކޯޓޭޝަން ދިނުމަށްފަހު މުދާ ވިއްކުމާ ހަމައަށް ހިނގާ މަރުހަލާ އަވަސްވެ، ވަގުތު ސަލާމަތްވެގެންދެއެވެ.
ލިޔެކިޔުންތައް ތައްޔާރުކުރުމުގެ އިތުރުން، ވިޔަފާރި ބެލެހެއްޓުމަށް ބޭނުންވާ އިތުރު މުހިންމު ވަސީލަތްތައް ވެސް އިންވޯޒާގައި ހިމެނެއެވެ. އެގޮތުން، ރާއްޖޭގެ ފާހަގަކޮށްލެވޭ ހާޑްވެއާ ސަޕްލަޔަރުންގެ ތަކެތީގެ އަގުތައް ވަގުތުން ބަލައި އަޅާކިޔާލެވޭ "ލައިވް ހާޑްވެއާ ޕްރައިސް ލުކްއަޕް" ހިދުމަތަކީ ކޮންޓްރެކްޓަރުންނާއި، އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، މަރާމާތުކުރުމުގެ ހިދުމަތްދޭ ފަރާތްތަކަށް އަގު އަދަދުކޮށް (ކޯޓޭޝަން ހަދަން) ލިބޭ ވަރަށް ބޮޑު ލުޔެކެވެ. ތަފާތު ވެބްސައިޓުތައް ބެލުމާއި ގުޅައިގެން އަގު ހޯދުމުގެ ބަދަލުގައި، ސީދާ މި ޕްލެޓްފޯމުން އަގުތައް ބަލައި ކޯޓޭޝަނަށް ތަކެތި އިތުރުކޮށްލެވެއެވެ.
ހަމައެއާއެކު، އިންވެންޓްރީ އަދި ސްޓޮކް މެނޭޖްކުރުމުގެ ނިޒާމެއް ވެސް މި ޕްލެޓްފޯމުގައި ހިމެނެއެވެ. މި ނިޒާމުގެ ދަށުން މުދާ ރަޖިސްޓްރީކުރުމާއި، ސަޕްލަޔަރުންގެ މައުލޫމާތު ބެލެހެއްޓުމާއި، ސްޓޮކްގެ ހަރަކާތްތައް ދެނެގަތުމުގެ އިތުރުން މުދާ ގަތް ރެކޯޑުތައް ތަރުތީބުން ބެލެހެއްޓެއެވެ. އަދި ކަސްޓަމަރުންގެ ޑޭޓާބޭސް ބެލެހެއްޓުމާއި، ލިބެންޖެހޭ ފައިސާ ޓްރެކްކުރުމާއި، ނުދައްކާ ހުރި އިންވޮއިސްތައް ފާހަގަކުރުމާއި، މާލީ މުއާމަލާތްތަކުގެ ތާރީހު ފަސޭހަކަމާއެކު މި ޕްލެޓްފޯމް މެދުވެރިކޮށް ބަލައިލެވެއެވެ.



