ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްލައިދުބާއީ އެއާލައިންގެ ފްލައިޓަކަށް ހަމަލާދޭން ރޭވި ކަމަށް ތުހުމަތުކުރެވޭ ކޯ-ޕައިލެޓް، އެ ޖަރީމާ ހިންގުމަށް ރާވާފައިވަނީ އެ އެއާލައިނުގެ ވަޒީފާއާ ގުޅުމުގެ ކުރިން ކަމަށް އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނެފިއެވެ.
އިސްރާއީލުގެ ކަމާބެހޭ ދެ އޮފިޝަލަކު ހާމަކުރި ގޮތުގައި، މި މައްސަލާގައި ތުހުމަތުކުރެވޭ ޕައިލެޓް އެއާލައިންގެ ވަޒީފާއަށް ވަދެފައިވަނީވެސް މަތިންދާބޯޓެއް ބޭނުންކޮށްގެން ނުރައްކާތެރި ޙަމަލާއެއް ދިނުމުގެ ނިޔަތުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އޮމާންގެ ރައްޔިތެއް ކަމަށްވާ ކޯ-ޕައިލެޓް ހަމާމް އަލް-ހައްމާމީ މީގެ ކުރިން މަސައްކަތް ކުރީ އޮމާން އެއާލައިނުގައެވެ. ނަމަވެސް އޭނާގެ ވިސްނުމުގެ ސަބަބުން، އުދުހުން މަނާކޮށް، އިދާރީ ވަޒީފާއަކަށް ބަދަލުކޮށްފައިވެއެވެ. ނަމަވެސް ފަހުން އޭނާ ފްލައިދުބާއީއާ ގުޅުނީއެވެ.
ފްލައި ދުބާއީގައި އޭނާ ވަނީ ޕައިލެޓަށް ކޯރާޑީއެއް ބޭނުންކޮށްގެން ހަމަލާ ދީފައެވެ.



