ދިވެހިރާއްޖޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) ތަކަށް އޮތް ތަރުޙީބާއި ކަސްޓަމަރުންގެ އެދުމުގެ މަތިން، "ދަ ހޯކްސް" ގެ އޮޓޯސްފިއަރއިން މުޅިން އާ ބީވައިޑީ (BYD) އިލެކްޓްރިކް ކާރުތަކުގެ ޝިޕްމަންޓެއް އެތެރެކޮށްފިއެވެ.
އިލެކްޓްރިކް ވެހިކަލްތަކަކީ އޮޓޯސްފިއަރއިން މިހާރުވެސް އެންމެ ހިނގާ އަދި އެންމެ ގިނައިން ވިކޭ ކާރުތަކުގެ ތެރޭގައި ހިމެނޭ އުޅަނދުތަކެކެވެ. މިއީ ރާއްޖޭގައި ޒަމާނީ، ތިމާވެށްޓާ ރައްޓެހި އަދި ޚަރަދު ކުޑަ ދަތުރުފަތުރުގެ ވަސީލަތްތަކަށް އޮތް ޝައުޤުވެރިކަން އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. މި ފަހަރުގެ ޝިޕްމަންޓުގައި އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ބީވައިޑީގެ ބައެއް މޮޑެލްތައް ޚާއްޞަ ކުލަތަކުގައި ހިމެނެއެވެ.
އަލަށް އެތެރެކުރެވުނު ޝިޕްމަންޓުގައި ހިމެނޭ މޮޑެލްތަކާއި ކުލަތައް:
- ބީވައިޑީ ސީލް (BYD Seal): އެޓްލާންޓިސް ގްރޭ (Atlantis Grey)
- ބީވައިޑީ ސީލަޔަން (BYD Sealion): ހުދު (White)
- ބީވައިޑީ އެޓޯ 3 (BYD Atto 3): ހުދު (White)
ބީވައިޑީ ބްރޭންޑަކީ އޭގެ ޒަމާނީ ފަރުމާއާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އިތުރުން މުޅިން އިލެކްޓްރިކް އުޅަނދުގެ ގޮތުގައި އިތުބާރު ހުރި، ބޭނުންކުރަން ފަސޭހަ ކާރުތަކެއްގެ ގޮތުގައި ކަސްޓަމަރުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ބްރޭންޑެކެވެ.
މި އާ ޝިޕްމަންޓާއެކު އޮޓޯސްފިއަރގެ އީވީ ރޭންޖް އިތުރަށް ފުޅާވެ، ތަފާތު މޮޑެލްތަކާއި ކަސްޓަމަރުން ބޭނުންވާ ފަދަ ތަފާތު އިޚްތިޔާރުތައް ލިބިގެންދާނެއެވެ. މި މޮޑެލްތައް ލިބެން ހުންނާނެ ތާރީޚުތަކާއި އިތުރު މަޢުލޫމާތު އޮޓޯސްފިއަރގެ އޮފިޝަލް ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިއްސާކުރަމުންދާނެއެވެ.




