Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް – އިބްރާ

ބޭރު ފައިސާއަކީ ވަކި މީހެއްގެ އެއްޗެއް ނޫން، އެއީ ދައުލަތުގެ މިލްކެއް – އިބްރާ

ހުސައިން އިސްމާއިލް
11 ގަޑިއިރު ކުރިން - 29 އޯގަސްޓް 2026 19:55
ޤާނޫނުއަސާސީ އިސްލާހުކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާޢީލް (އިބްރާ)
ޤާނޫނުއަސާސީ އިސްލާހުކުރި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާޢީލް (އިބްރާ)
ޚުލާސާ

ޤާނޫނުއަސާސީ އިސްލާހުކުރި ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް ވިދާޅުވީ ބޭރު ފައިސާ ލިބުމުގެ ދަތިކަން ފިލުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ހަގީގަތް އޮޅުވާލަން ސިޔާސީ ބޭނުމެއްގައި އެކި ވާހަކަތައް ދައްކަމުންދާ ކަމަށް.

ރާއްޖެއަށް ވަންނަ ބޭރު ފައިސާއަކީ ވަކި ފަރުދެއްގެ ނުވަތަ ވަކި ބައެއްގެ އަމިއްލަ އެއްޗެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ މިލްކެއް ކަމަށް ޤާނޫނުއަސާސީ އިސްލާހުކުރި ކޮމެޓީގެ މުގައްރިރުކަން ކުރެއްވި އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

މަންދު ކޮލެޖްގެ ޗެއާމަންކަން ވެސް ކުރައްވަމުން އަންނަ އިބްރާ މިހެން ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ ތެރެއިން 40 އިންސައްތަ ދިވެހި ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޭރު ފައިސާ ލިބުމުގެ ދަތިކަން ފިލުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ހަގީގަތް އޮޅުވާލަން ސިޔާސީ ބޭނުމެއްގައި އެކި ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

Advertisement

Advertisement 1

އިބްރާހިމް އިސްމާއީލް ހުށަހެޅުއްވި ގޮތުގައި، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާ ދޭންޖެހޭނީ ސީދާ ދައުލަތަށެވެ. އަދި އެ ފައިސާ ގެނައި ފަރާތަކަށް އޭގެ ބަދަލުގައި ވާނެ ހަމައަގު ދިވެހި ރުފިޔާއިން ދައުލަތުން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ވިޔަފާރިތަކަށާއި އެކި ބޭނުންތަކަށް ބޭރު ފައިސާ ބޭނުންވާ އާންމުންނަށް، ކަނޑައެޅިގެން ޢާންމުކޮށްފައިވާ ހަރުދަނާ އުޞޫލެއްގެ ދަށުން ދައުލަތުން އެ ފައިސާ ދޫކުރަންވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިފަދަ ހަރުދަނާ އުޞޫލެއްގެ ދަށުން ކަންކަން ހިންގޭނަމަ، ދިވެހިރާއްޖޭގެ ބޭނުންތަކަށް ބޭނުންވާ ވަރަށް ބޭރު ފައިސާ މި ޤައުމަށް ވަންނަކަމަށެވެ.

އިބްރާ މިހެން ވިދާޅުވެފައި މި ވަނީ ޑޮލަރުގެ ކަޅު ބާޒާރެއް އުފައްދައިގެން ގާނޫނާ ޚިލާފަށް ބޮޑު އާމްދަނީއެއް ބަޔަކު ހޯދަމުންދާ ވަގުތެއްގައެވެ. 

ސަރުކާރުން މިހާރު ދަނީ މިފަދަ ދެކޮޅުޖެހޭ އުސޫލުތަކެއްގެ ދަށުން، ޑޮލަރުގެ ދަތިކަން ދާއިމީ ގޮތެއްގައި ޙައްލުކޮށް، ދިވެހިންނަށް ހަމައަގުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިބްރާހީމް އިސްމާޢީލް (އިބްރާ)ވިޔަފާރި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޯޓުފަހަރުގެ ޗާޓަރު އަގު އިންތިހާއަށް އުފުލުނަސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ހުރަހެއް ނެތް! އަގުވެސް ހެޔޮ!

18 ދުވަސް ކުރިން - 10:46

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން

42 ދުވަސް ކުރިން - 10:21

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

63 ދުވަސް ކުރިން - 13:53

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

66 ދުވަސް ކުރިން - 23:28

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަން ޑޮލަރުގެ ގެއްލުމެއް!

ހަނގުރާމައިން ފަތުރުވެރިކަމަށް ދުވާލަކު 600 މިލިއަނުގެ ގެއްލުމެއް

170 ދުވަސް ކުރިން - 17:23

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

އެޕަލުން ޖީބަށް ލުއި "މެކްބުކް ނިއޯ" ތައާރަފްކޮށްފި

176 ދުވަސް ކުރިން - 22:22