Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

ހުސައިން އިސްމާއިލް
14 ގަޑިއިރު ކުރިން - 13 ޖުލައި 2026 14:51
އިސްރާއީލުގެ ސިފައިންތަކެއް: އެމީހުންގެ ތެރޭގައި އާދަޔާއި ޚިލާފަށް ސިއްހީ މައްސަލަތައް ދަނީ އިތުރުވަމުން.
އިސްރާއީލުގެ ސިފައިންތަކެއް: އެމީހުންގެ ތެރޭގައި އާދަޔާއި ޚިލާފަށް ސިއްހީ މައްސަލަތައް ދަނީ އިތުރުވަމުން.
ޚުލާސާ

އަންދާޒާކުރެވޭ 1 ލައްކަ ސިފައިންގެ ތެރެއިން ގާތްގަނޑަކަށް 50,000 ސިފައިންނަކީ ސީދާ ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީއެސްޓީޑީ) އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް މުޅި އުމުރުދުވަހަށް ފަރުވާކުރަންޖެހޭނެ މީހުން ކަމަށް އިސްރާއީލުން ބުނޭ.

ޣައްޒާގައި ކުރިއަށްދާ ދިގުލާފައިވާ ހަނގުރާމައިގައި ލިބެމުންދާ ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުގެ ސަބަބުން، އިސްރާއީލުގެ ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ސިފައިން ބަލިވެ، މުޅި މެޑިކަލް ނިޒާމަށް ވަނީ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާންޖެހިފައި ކަމަށާއި ނުކުޅެދުންތެރިވާ ސިފައިންގެ ޖުމްލަ އަދަދު ކުރިއަށް އޮތް ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި (2028 އާ ހަމައަށް) 1 ލައްކައަށް (100,000 އަށް) އަރާނެ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީގެ ރިހެބިލިޓޭޝަން ޑިޕާޓްމަންޓުގެ ރަސްމީ އަންދާޒާތަކުން ދައްކައިފިއެވެ.

ޣައްޒާ ހަނގުރާމައިގެ ސަބަބުން މިހާތަނަށްވެސް 82,400 އަށްވުރެ ގިނަ ސިފައިން ވަނީ މި ލިސްޓުގައި ހިމެނި ފަރުވާ ހޯދަން ފަށާފައެވެ.

ހޮސްޕިޓަލްތަކުގެ ޖާގަ ފުރި، ކޮންމެ މަހަކު އެވްރެޖްކޮށް 1,000 އަށްވުރެ ގިނަ އާ ސިފައިން ދަނީ ނުކުޅެދޭ ސިފައިންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވަމުންނެވެ.

Advertisement

Advertisement 1

ޖިސްމާނީ އަނިޔާތަކުގެ އިތުރުން، ހޮސްޕިޓަލްތަކުގެ ސައިކޭޓްރިކް ވޯޑްތަކަށް ނުކަތާވަރަށް ނަފްސާނީ ބަލިތަކުގެ ސިފައިން ވަނީ އިތުރުވެފައެވެ. އަންދާޒާކުރެވޭ 1 ލައްކަ ސިފައިންގެ ތެރެއިން ގާތްގަނޑަކަށް 50,000 ސިފައިންނަކީ ސީދާ ޕޯސްޓް-ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑަރ (ޕީއެސްޓީޑީ) އާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް ދާއިމީކޮށް ފަރުވާކުރަންޖެހޭނެ މީހުން ކަމަށް އިސްރާއީލުން ބުނެއެވެ.

މީގެ އިތުރުން ހަނގުރާމައިގެ މައިދާނުން ލިބުނު ބިރުވެރި ސިހުންތަކުގެ ސަބަބުން އަލަށް ރިހެބިލިޓޭޝަނަށް ވައްދާ ސިފައިންގެ 65 އިންސައްތަ އަކީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހުން ކަމަށްވާއިރު، އެކަށީގެންވާ ވަގުތަށް ފަރުވާ ނުލިބުމުގެ ސަބަބުން ސިފައިން އަމިއްލައަށް މަރުވުމުގެ ހާދިސާތައް ވެސް އިތުރުވަމުން އަންނަ ކަމަށް އިސްރާއީލުން ބުނެއެވެ.

އިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

2 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

4 ދުވަސް ކުރިން - 13:08

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

9 ދުވަސް ކުރިން - 21:30

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

9 ދުވަސް ކުރިން - 11:40

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

21 ދުވަސް ކުރިން - 17:47

އިސްރާއީލާއި އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެއްބަސްވުމާ ޚިލާފުވެއްޖެ ކަމަށް ބުނެ، ހޯރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުދީފި

23 ދުވަސް ކުރިން - 21:28