Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
3 ގަޑިއިރު ކުރިން - 14 ޖޫން 2026 18:45
ރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގަތުން---
ރައީސްގެ ދެކަނބަލުން ދ. މީދޫއަށް ވަޑައިގަތުން---
ޚުލާސާ

އިއްޔެ މީދޫ ކައުންސިލް ރައީސެއް ހޮވުމަށް އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އޭޕްރީލް މަހު ބޭއްވި އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެފައިވާ ކަމަށް ކޯޓުން ނިންމުމުން. އިއްޔެ ބޭއްވި އިންތިހާބު ޕީއެންސީ ކެންޑިޑޭޓް ކާމިޔާބުކުރެއްވީ 80 ވޯޓުގެ ފަރަގުން.

ދ. މީދޫ ކައުންސިލްގެ ރައީސަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އެރަށަށް ވަޑައިގެންފިއެވެ.

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ އިންތިހާބު ބާއްވަން ޖެހުނީ، މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަށްފަހު އަލުން ވޯޓު ގުނުމުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމާއި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނު ވޯޓު އެއްވަރުވުމާ ގުޅިގެންނެވެ. ކުރިން ބޭއްވި އިންތިހާބުގައި ސުހާއަށް ލިބުނު ވޯޓެއް ބާއިލުވުމުގެ ސަބަބުން ދެ ކެންޑިޑޭޓުން އެއްވަރުވެ، ގޮނޑީގެ މިލްކުވެރިކަމާ މެދު ވަނީ ގާނޫނީ ބަހުސްތަކެއް އުފެދިފައެވެ.

އިއްޔެ ބޭއްވި ފޯރިގަދަ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ވަނީ 80 ވޯޓުގެ ތަފާތުން ޝާހިދުގެ މައްޗަށް ކުރި ހޯއްދަވާފައެވެ. މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސުހާއަށް 529 ވޯޓު ލިބިވަޑައިގެންނެވިއިރު، ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1،049 މީހުންގެ ތެރެއިން 985 މީހަކު ވަނީ ވޯޓުލާފައެވެ.

Advertisement

Advertisement 1

މި ކާމިޔާބީ ފާހަގަކުރެއްވުމަށް ރައީސްގެ ދެކަނބަލުން މީދޫއަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރަށުގެ ބަނދަރު ސަރަހައްދަށް ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ޖަމާވެ، ރައީސްގެ ދެކަނބަލުންނަށް އިސްތިގުބާލު ކުރިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީދޫއަކީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ މަންމާފުޅުގެ އުފަން ރަށެވެ. އަދި މި އިންތިހާބުގެ ކެމްޕޭން ހަރަކާތްތަކުގައިވެސް އެކަމަނާ ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

ޕީއެންސީގެ ފަރާތުން މިރޭ މީދޫގައި މި ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.

ޕީއެންސީޕީއެންސީ ސަރުކާރުރައީސް ޑރ. މުހައްމަދު މުއިއްޒުމެޑަމް ސާޖިދާ މުހައްމަދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯޓުން އެއްވަރުވެ ދެވަނަ ފަހަރަށް ވޯޓުލައިގެން 80 ވޯޓުގެ ފަރަގަކުން ޕީއެންސީން މީދޫ ރައީސް ގޮނޑި ކާމިޔާބުކޮށްފި

ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

1 ދުވަސް ކުރިން - 19:24

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

1 ދުވަސް ކުރިން - 14:50

މީދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު: %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

މީދޫ އިންތިހާބުގައި %73 އަށްވުރެ ގިނަ މީހުން ވޯޓުލައިފި

1 ދުވަސް ކުރިން - 14:19

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ޒުވާނުން ދަސްވެނިވެއްޖެ، މިއީ ގައުމީ ހިދުމަތުގެ ފެށުމެއް: ރައީސް

ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ޒުވާނުން ދަސްވެނިވެއްޖެ: ރައީސް

1 ދުވަސް ކުރިން - 12:10

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

1 ދުވަސް ކުރިން - 11:24

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

3 ދުވަސް ކުރިން - 13:11