އިސްރާއީލަށް ދޭ ހަމަލާތައް އީރާނުން ހުއްޓާލައި، އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ދީފި އެވެ.
އީރާނުން ވަނީ ލުބުނާނުގައި އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްދާނަމަ އިތުރު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.
އީރާނުގެ އޮފިޝަލުން ވިދާޅުވީ ރޭ އިޒުރޭލަށް ދޭން ފެށި ހަމަލާތަކަކީ ލުބުނާނަށް އިޒްރޭލުން ދިން ޙަމަލާތަކާ ގުޅިގެން ހިފި ބަދަލުހިފުމެކެވެ.
ތެހެރާނުން ވަނީ އެ އޮޕަރޭޝަނަކީ "ވޭންދެނިވި ޖަވާބެއް" ކަމަށް ސިފަކޮށް، އެ އޮޕަރޭޝަންގެ މަގުސަދުތައް ހާސިލްވެފައިވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހަމަލާތައް ހުއްޓުވުމަކީ ޢަދާވާތްތެރިކަން ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ފާހަގަކޮށްފަ އެވެ. އީރާނުން އިންޒާރު ދިން ގޮތުގައި ލުބުނާނަށް އިސްރާއީލުން އަލުން ހަމަލާ ދީފި ނަމަ އެކަމުގެ ރައްދު ދޭނެ ކަމަށެވެ.









