Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

ކެލިފޯނިއާގައި މީހުން ރަހީނުކުރި މީހަކު އެފް.ބީ.އައި އިން ބަޑިޖަހައި މަރާލައިފި

ހުސައިން އިސްމާއިލް
86 ދުވަސް ކުރިން - 3 ޖޫން 2026 22:13
ކެލިފޯނިއާގައި އެފްބީއައި އޭޖެންޓުން--
ކެލިފޯނިއާގައި އެފްބީއައި އޭޖެންޓުން--
ޚުލާސާ

ރަހީނުކުރި ހުރިހާ އެންމެން ސަލާމަތްކުރެވިފައިވާ ކަމަށާއި، އެމީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވޭ. މި ހާދިސާ.އާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށް، ކައިރީގައި ހުރި ސިޓީ ހޯލާއި ފުލުހުންގެ މައި މަރުކަޒުވެސް ހުސްކޮށްފަ

އެމެރިކާގެ ކެލިފޯނިއާގެ ބޭކަރސްފީލްޑްގައި ހުންނަ އިމާރާތެއްގެ ތެރޭގައި ބަޔަކު ރަހީނުކުރި މީހަކު، އެމެރިކާގެ ތަޙުޤީޤީ އިދާރާ، ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) ގެ އެޖެންޓުން ބަޑިޖަހައި މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބޭކަރސްފީލްޑްގައި ހުންނަ ބޭންކް ބްރާންޗަކާއި ސްކޫލް ޑިސްޓްރިކްޓއެމެރިކާގެ ކެލިފޯނިއާގެ ބޭކަރސްފީލްޑްގައި ހުންނަ އިމާރާތެއްގެ ތެރޭގައި ބަޔަކު ރަހީނުކުރި މީހަކު، އެމެރިކާގެ ތަޙުޤީޤީ އިދާރާ، ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) ގެ އެޖެންޓުން ބަޑިޖަހައި މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ބޭކަރސްފީލްޑްގައި ހުންނަ ބޭންކް ބްރާންޗަކާއި ސްކޫލް ޑިސްޓްރިކްޓް އޮފީހެއް ހިންގާ އިމާރާތެއްގައެވެ. ގާތްގަނޑަކަށް 12 ގަޑިއިރަށް ދެމިގެންދިޔަ މި ކުރިމަތިލުން ނިމުމަކަށް އައީ އެފް.ބީ.އައި އިން ދިން ހަމަލާއެއްގައި ތުހުމަތުކުރެވޭ މީހާ މަރުވުމުންނެވެ.

Advertisement

Advertisement 1

ބޭކަރސްފީލްޑް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި ތުހުމަތުކުރެވޭ މީހާ މަރުވީ އެފް.ބީ.އައި ގެ އެޖެންޓުން ބައިވެރިވި ބަޑިޖެހުމުގެ ހާދިސާއެއްގައި ކަމަށެވެ. އަދި ރަހީނުކުރި ހުރިހާ އެންމެން ސަލާމަތްކުރެވިފައިވާ ކަމަށާއި، އެމީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ސަލާމަތްކުރި މީހުންނަށް ހާދިސާ ހިނގި ސަރަޙައްދުގައި ވަނީ ސިއްހީ ފަރުވާ ދީފައެވެ.

ފުލުހުންނަށް އެންމެ ފުރަތަމަ މި ރިޕޯޓު ލިބުނީ އެ އިމާރާތުގައި ބޮމެއް އޮތް ކަމަށް ބުނެ ދިން އިންޒާރަކާ ގުޅިގެންނެވެ. ތުހުމަތުކުރެވޭ މީހާ ވަނީ އެތައް ބަޔަކާއެކު އެ އިމާރާތުގެ ތެރޭގައި ބަންދުވެފައެވެ. ނަމަވެސް، ކަމާބެހޭ ފަރާތްތަކުން ކުރި މަޝްވަރާތަކަށްފަހު، އޭގެ ތެރެއިން ދެ މީހަކު އަންގާރަ ދުވަހު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ފުލުހުން ވަނީ އެ ސަރަޙައްދު ބަންދުކޮށް، ކައިރީގައި ހުރި ސިޓީ ހޯލާއި ފުލުހުންގެ މައި މަރުކަޒުވެސް ހުސްކޮށްފައެވެ. ބޭކަރސްފީލްޑް ފުލުހުންގެ ސާޖަންޓް އެރިކް ސެލެޑަން ވިދާޅުވި ގޮތުގައި، މި ހާދިސާ އެންމެ ރައްކާތެރި ގޮތުގައި ނިންމުމަށްޓަކައި ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާ ކަމަށާއި، އެ ސަރަޙައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުދަ ދުވަހު ބުނެފައިވެއެވެ. މިހާތަނަށް ތުހުމަތުކުރެވޭ މީހާގެ ވަޒަން ބަޔާންކޮށްފައި ނުވާއިރު، އޭނާ މިކަން ކުރަން މެދުވެރިވި ސަބަބެއްވެސް އަދި ސާފެއް ނުވެއެވެ.

އެމެރިކާއެފްބީއައިރަހީނުކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

އީރާނު ހަނގުރާމައިގެ ސަބަބުން އެމެރިކާގެ 2,18,000 މީހުންގެ ވަޒީފާ ގެއްލިއްޖެ

13 ގަޑިއިރު ކުރިން - 23:23

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

10 ދުވަސް ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީއާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއިދުކުރާ މިލިޝިއާތަކަށް ހަމަލާދީފި

30 ދުވަސް ކުރިން - 17:45

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

31 ދުވަސް ކުރިން - 12:57