ހަނގުރާމައިގެ ޖަރީމާތަކުގެ ތެރެއިން ޖިންސީ އަނިޔާތަކާއި ރޭޕް ކުރުމުގައި އިޒުރޭލުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާ މައްސަލައިގައި އެ.ގެ ބްލެކްލިސްޓަށް އިޒުރޭލުގެ ގިނަބަޔަކު ހިމަނައިފިއެވެ.

އިސްރާއީލުން ވަނީ އެ ތުހުމަތުތައް ވަރަށް ބޮޑަށް ދޮގުކޮށް، އެއީ ސިޔާސީ ކަމެއްގެ ގޮތުގައި ބުނެ އެ. އަށް ފާޑުކިޔާފައެވެ.

އދ. ގެ ރިޕޯޓުގައި ވާ ގޮތުން އިޒުރޭލުގެ މައްޗަށް ސާބިތުވަނީ ރޭޕްކުރުމާއި، ޖިންސީ ގޯނާކުރުމާއި، މަޖުބޫރުކޮށްގެން ބަރަހަނާވުމާއި، ޖިންސީ އަނިޔާގެ އިންޒާރު ދިނުމާއި، ފަލަސްޠީނުގެ ރައްޔިތުން ޖަލަށްލައި ބަންދުކޮށްފައި ތިބޭއިރު އެ ޑިޓެންޝަން ފެސިލިޓީތަކުގައި ދަށުދަރަޖައިގެ އަމަލުތައް ހިންގުމުގެ މައްސަލަތަކެވެ.

އދ. އިން ބުނީ ބްލެކްލިސްޓަށް އިޒުރޭލު ލުމުގެ ކުރިން، ހެކިބަހާއި މެޑިކަލް މައުލޫމާތާއި އެހެނިހެން ހެކިތައް މުރާޖައާކޮށްފައިވާ ކަމަށެވެ. ރިޕޯޓުގައި ބުނެފައިވަނީ 2023 އާއި 2025 އާ ދެމެދު އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ ބަންދު މީހުންނާ ދެކޮޅަށް ހަމަނުޖެހުންތަކާ ގުޅިގެން ޖިންސީ އަނިޔާ ހިނގާފައިވާ ކަމަށް "ގަބޫލުކުރެވޭ ސަބަބުތަކެއް" ހުރި ކަމަށެވެ.

އިސްރާއީލުން ބުނީ އެގައުމުގެ ސިފައިން އެފަދަ އަނިޔާތައް ނުހިންގާ ކަމަށެވެ