އީރާނު ސަރުކާރު ބަލިކަށި ކޮށްލަން ޓެރަރިސްޓު އިޒުރޭލާއި ގުޅިގެން ޖަމާޢަތް ހަދައިގެން އުޅުނު ގްރޫޕެއްގެ އެންމެ އިސް ދެމީހުން ތެހެރާނުގައި ދަންޖައްސައި މަރާލައިފިއެވެ.

މިހާރު މަރާލައިގެން އުޅެނީ ރަމީން ޒާލިހް އާއި ކަރީމް މަރޫފްޕޫރު އެވެ. އެމީހުން ނިސްބަތްވާ ކަމަށް ބުނާ ޖަމިއްޔާއާ ބެހޭ ތަފްސީލީ މައުލޫމާތެއް އަދި އެމީހުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ވަކި ހަރަކާތްތަކާ ބެހޭ ތަފްސީލީ މައުލޫމާތެއް އީރާނުން ހާމައެއް ނުކުރެއެވެ.

އިޒުރޭލުގެ ޖާސޫސީ އިދާރާ، މޮސާޑާ ގުޅިގެން އީރާނުގެ މަސްލަހަތު ގެއްލުވައި ޖަރީމާ ހިންގާ މީހުންނާއި ދެކޮޅަށް އީރާނުން ގެންގުޅޭ ހަރުކަށި ސިޔާސަތަށް ޔޫރަޕާއި އެމެރިކާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް އީރާނުން ބުނަނީ ގައުމީ ހަމަޖެހުން ހިމާޔަތްކުރުމަށާއި ހަތިޔާރު އެޅި ޖަމާއަތްތަކާއި ޖާސޫސީ ހަރަކާތްތަކާ ދެކޮޅަށް މިފަދަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ފަހުގެ ރިޕޯޓްތަކުން ވެސް ދައްކާ ގޮތުގައި މި އަހަރުގެ ކުރީކޮޅު އީރާނުން ވަނީ އިސްރާއީލަށް ޖާސޫސް ކުރުމާއި މުޒާހަރާތަކުގައި ބައިވެރިވުމާއި ސަލާމަތީ ބާރުތަކަށް ހަމަލާދިނުން ފަދަ ތުހުމަތުތަކެއްގެ މައްޗަށް އެތައް ބަޔަކު މަރުގެ އަދަބު ދީފަ އެވެ.