Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހުޅުމާލޭގައި މިއަދު ހަވީރު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި މިއަދު ހަވީރު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފި

އައިޝަތު ރުވާ ރިފްޢަތު
56 ދުވަސް ކުރިން - 19 މެއި 2026 18:34
ފޭސް 2 ގައި ހިނގި އެކްސިޑެންޓުގައި އަންހެން މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި އެމްބިއުލާންސަށް އަރުވަނީ. / ފޮޓޯ: ޚުލާސާ
ފޭސް 2 ގައި ހިނގި އެކްސިޑެންޓުގައި އަންހެން މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔުމަށްޓަކައި އެމްބިއުލާންސަށް އަރުވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި އެކްސިޑެންޓުތައް ހިނގާފައިވަނީ ފޭސް 2 އަމަން ދޯދި 4 ކައިރީގައި އަދި ފޭސް 1 މިދިލި މަގުގައި. ސީރިއަސް އަނިޔާއެއް އެއްވެސް މީހަކަށް ލިބިފައި ނުވޭ.

ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މިއަދު ހަވީރު ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފިއެވެ. ނަމަވެސް މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ރީތިގަސްމަގުގައެވެ. އަމަން ދޯދި 4 ކައިރީގައި ހިނގި މި ހާދިސާގައި ތިން ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 15:50 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓްގައި ދިވެހި އަންހެނަކަށާއި ފިރިހެނަކަށް އަނިޔާވެފައިވެ އެވެ. މި ހާދިސާގައި ހިމެނޭ އެއް ސައިކަލް ފުލުހުން މިހާރު ވަނީ ޓޯ ކޮށްފަ އެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގެ މިދިލިމަގުގަ އެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:42 އެހައިކަންހާއިރު އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ އެ މަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިގެންނެވެ. މި ހާދިސާގައި ސައިކަލުގައި ތިބި ދިވެހި ފިރިހެނަކަށާއި އަންހެނަކަށް އަނިޔާ ލިބިފައިވީ ނަމަވެސް، އެއްވެސް މީހެއްގެ ހާލު ސީރިއަސްއެއް ނޫނެވެ.

Advertisement

Advertisement 1

ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ. މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހުޅުމާލެ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

4 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

14 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44