Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ހަ ފަހަރު ވޯޓުލައިގެންވެސް ނަތީޖާ އެއްވަރުވެ، މަސައްކަތް ހުއްޓިއްޖެ

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް ހަ ފަހަރު ވޯޓުލައިގެންވެސް ނަތީޖާ އެއްވަރުވެ، މަސައްކަތް ހުއްޓިއްޖެ

އައިޝަތު ރުވާ ރިފްޢަތު
59 ދުވަސް ކުރިން - 18 މެއި 2026 14:38
އދ. މަހިބަދޫ---
އދ. މަހިބަދޫ---
ޚުލާސާ

މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ތިން ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު އެއީ އެމްޑީޕީ، ޕީއެންސީ އަދި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެއްކަމަށް މައުލުޟާތު ލިބިފައިވޭ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަލަށް އިންތިހާބުވި މެމްބަރުން އިއްޔެ ހުވާކުރެއްވުމާ ގުޅިގެން، އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށް ބޭއްވި ޖަލްސާ ނަތީޖާއެއް ނުނިކުމެ ނިންމާލަން ޖެހިއްޖެ އެވެ.

އިއްޔެ ބޭއްވި މި ޖަލްސާގައި ނައިބު ރައީސަކު ހޮވުމަށްޓަކައި ހަ ފަހަރު މަތިން ވޯޓު ނެގި ނަމަވެސް، ކޮންމެ ފަހަރަކުވެސް ވޯޓުގެ ނަތީޖާ އެއްވަރުވުމުގެ ސަބަބުން ނައިބު ރައީސަކު ހޮވޭގޮތް ވަނީ ނުވެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.

Advertisement

Advertisement 1

އެންމެ ފުރަތަމަ ނެގި ވޯޓުގައި އެމްޑީޕީގެ ކައުންސިލަރު ޒައީމާ މުހައްމަދަށް 2 ވޯޓު ލިބިވަޑައިގަތްއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކައުންސިލަރު މުހައްމަދު މައުމޫނަށްވެސް ލިބިވަޑައިގަތީ 2 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުވި ބުންޔާމީން ހަސަނަށް ލިބިވަޑައިގަތީ 1 ވޯޓެވެ.

ފުރަތަމަ ވޯޓަށްފަހު، ދެން އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ފަސް ފަހަރު މަތިން ވޯޓު ނެގުނެވެ. ނަމަވެސް، ކޮންމެ ފަހަރަކުވެސް އެމްޑީޕީ އަދި ޕީއެންސީގެ ކައުންސިލަރުންނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. މިގޮތަށް ދިމާވީ ވޯޓުލުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން އެއް ވޯޓު ބާތިލުވުމުގެ ސަބަބުންނެވެ.

މި މައްސަލައާ ގުޅިގެން ނައިބު ރައީސަކު ހޮވުމުގެ މަސައްކަތް މިވަގުތަށް ވަނީ ހުއްޓިފަ އެވެ. ކައުންސިލްގެ ނައިބު ރައީސަކު ހޮވުމާ މެދު ދެން އަމަލުކުރާނެ ގޮތެއް ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އދ. މަހިބަދޫ
Ad
Ad

ގުޅޭ ޚަބަރުތައް

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ އަހަރު ފަށަނީ

އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ

282 ދުވަސް ކުރިން - 13:11

މައްސަލަތަކަށް ހައްލު ހޯދުމަށް 27 ބިލެއް މަޖިލީހަށް، ކޮރަޕްޝަން ނައްތާލުމާ ގުޅޭ 6 ބިލެއްވެސް ހިމެނޭ

މައްސަލަތަކަށް ހައްލު ހޯދުމަށް 27 ބިލެއް މަޖިލީހަށް!

282 ދުވަސް ކުރިން - 11:59

މަހިބަދޫ ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ގޮސްފި

މަހިބަދޫ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ގޮސްފި

516 ދުވަސް ކުރިން - 10:12

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ރަނގަޅު ހައްލެއް ލިބޭނެކަމަށް އުންމީދުކުރަން - ރައީސް ޑރ. މުޢިއްޒު

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަށް ހައްލެއް ލިބޭނެކަމަށް އުންމީދުކުރަން

579 ދުވަސް ކުރިން - 12:59

އާބަން ސެންޓަރުތަކުން ގެދޮރުވެރިކަމާއި އިޤްތިޞާދަށް ފައިދާވާނެ - ރައީސް ޑރ. މުޢިއްޒު

އާބަން ސެންޓަރުތަކުން ގެދޮރުވެރިކަމާއި އިޤްތިޞާދަށް ފައިދާވާނެ

579 ދުވަސް ކުރިން - 12:45

ތަރައްޤީގެ ކަންކަން ބައްޓަންކުރާނީ އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް - ރައީސް ޑރ. މުޢިއްޒު

"ތަރައްޤީގެ ކަންކަން ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް"

579 ދުވަސް ކުރިން - 12:02

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%