Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެ މީހަކު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
108 ދުވަސް ކުރިން - 13 މެއި 2026 16:23
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި ދެމީހުންގެ ވަނަވަރު.
ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި ދެމީހުންގެ ވަނަވަރު.
ޚުލާސާ

މިމައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަހްމަދު އިބްރާހީމް (44އ) އާއި، އެ ރަށު ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ)ގެ މައްޗަށް.

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. ވެލިދޫއަށް ނިސްބަތްވާ ދެ މީހަކު 25 އަހަރަށް ޖަލަށްލުމާއެކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަހްމަދު އިބްރާހީމް (44އ) އާއި، އެ ރަށު ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.

އަހްމަދު އިބްރާހީމްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ އިތުރުން، އެ ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނަބިސް ބޭނުންކުރުމުގެ ކުށް ވެސް ވަނީ ސާބިތުވެފަ އެވެ. މި ދެ ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށާއި، ކެނަބިސް ބޭނުންކުރުމުގެ ކުށަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް، އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

Advertisement

Advertisement 1

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އަހްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 7 ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ އެ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ދެން ހިމެނޭ ހުސައިން އިބްރާހީމްގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، 25 އަހަރުގެ ޖަލު ހުކުމަކާއެކު 100,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ. ބަންދުގައި ހޭދަކުރި މުއްދަތަށް ރިއާޔަތްކޮށް އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަހެވެ. ހުސައިން އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 11 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓުމަސްތުވާތަކެތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

3 ދުވަސް ކުރިން - 09:31

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

5 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06