Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މީހަކު 15 އަހަރަށް ޖަލަށްލައިފި

އައިޝަތު ރުވާ ރިފްޢަތު
63 ދުވަސް ކުރިން - 12 މެއި 2026 17:34
މި މައްސަލާގައި ކުށް ސާބިތުވި މީހާގެ ވަނަވަރު
މި މައްސަލާގައި ކުށް ސާބިތުވި މީހާގެ ވަނަވަރު
ޚުލާސާ

މިއީ ރާއްޖެއަކީ އަމާން އަދި ކުށް މަދު މުޖުތަމައެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށް ފުލުހުން ފާހަގަކުރި.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، ގއ. ކަނޑުހުޅުދޫ މީހަކު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ކުށް ސާބިތުވެ ޖަލު ހުކުމެއް އައީ ގއ. ކަނޑުހުޅުދޫ / މުރަކަ، ޝަރަފު އިސްމާއިލް (43އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.

ފުލުހުންގެ ތަހުގީގަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅި މި މައްސަލައިގެ ހުކުމް އިއްވާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ރިއާޔަތްކުރުމަށް ފަހު، ޝަރަފު އިސްމާއިލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.

Advertisement

Advertisement 1

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނީ، މިއީ ރާއްޖެއަކީ އަމާން އަދި ކުށް މަދު މުޖުތަމައެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުން ކުރަމުންދާ މެދުކެނޑުމެއްނެތް މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މިފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފާ ހަމައަށް ވާސިލުވުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުން ދެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ މުޖުތަމައުގެ ރައްކާތެރިކަމާ ގުޅިފައިވާ ނުރައްކާތެރި ކުށްތަކަކަށް ވާއިރު، މިފަދަ ހުކުމްތަކުގެ ސަބަބުން ކުށްކުރާ ފަރާތްތަކަށް ގާނޫނީ އަދަބު ލިބި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ގާއިމުވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ކްރިމިނަލް ކޯޓުމޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

3 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

13 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44