އީރާނާއި އެކު ހަނގުރާމަ އަލުން ފެށިދާނެ ކަމަށް ޓަކައި އިސްރާއީލު ހައި އެލާޓަށް އައިސްފައިވާ ކަމަށް ޔަހޫދީންނާއި ހަވާލާދީ މަސްދަރުތަކުން ބުނެފިއެވެ.
އިއްޔެ ނަތަންޔާހޫ ވަނީ އޭނާގެ ކެބިނެޓާއި ވެސް މަޝްވަރާ ކޮށްފައި ކަމަށް ޔަހޫދީ އަސްކަރިއްޔާ އިން ނެރުނު ބަޔާނަކާއި ހަވާލާދީ މަސްދަރުތައް ބުނާއިރު އިޒުރޭލުން ދަނީ ހަތިޔާރުތައް އެއްކުރަމުންނެވެ. "އަޅުގަނޑުމެން މިތިބީ ހާލަތު މޮނިޓަރކޮށް، ގަލްފުގައި ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި ހައި އެލާޓްގައި،" ސިފައިން ނެރުނު ބަޔާނުގައިވެ އެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާތަކެއް ދިނުމުން ތެހެރާނުން އިސްރާއީލުގެ އިތުރުން ގަލްފުގައި ތިބި އެމެރިކާގެ އެކުވެރި ގައުމުތަކާއި ދެކޮޅަށް ބަދަލު ހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދިނެވެ.
ޕާކިސްތާނުން މެދުވެރިވެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އަމަލުކުރަން ފެށި ނަމަވެސް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުން ދެމިއޮންނަ އެއްބަސްވުމަކަށް ނާދެވުނެވެ.










