Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އީރާނު މައްސަލަ ހައްލުކުރުމަށް ޕާކިސްތާނާއި ކުވެއިތުުން މަޝްވަރާ ކޮށްފި

އީރާނު މައްސަލަ ހައްލުކުރުމަށް ޕާކިސްތާނާއި ކުވެއިތުުން މަޝްވަރާ ކޮށްފި

ހުސައިން އިސްމާއިލް
63 ދުވަސް ކުރިން - 3 މެއި 2026 00:55
މެދުއިރުމަތީގައި ޞުލްޙަ ޤާއިމް ކުރުމާއި ގުޅޭ ގޮތުން ޕާކިސްތާނާއި ކުވެއިތުން މަޝްވަރާކޮށްފި.
މެދުއިރުމަތީގައި ޞުލްޙަ ޤާއިމް ކުރުމާއި ގުޅޭ ގޮތުން ޕާކިސްތާނާއި ކުވެއިތުން މަޝްވަރާކޮށްފި.
ޚުލާސާ

އެމެރިކާ އިން އީރާނަށް ޙަމަލާ ދިނުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު އެއް ޤައުމަކީ ކުވެއިތު.

އީރާނު މައްސަލަ ހައްލުކުރުމަށް ޕާކިސްތާނާއި ކުވެއިތުުން މަޝްވަރާ ކޮށްފިއެވެ. ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އިސްހާގު ދާރު އާއި ކުވެއިތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް-ޔަޙްޔާގެ މި މަޝްވަރާ ތައް އޮތީ ފޯނުކޯލު މެދުވެރިކޮށް ކަމަށް ޕާކިސްތާނުން ބުނެއެވެ.

މި މަޝްވަރާތަކުގައި ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މެދު ވެސް މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެމެރިކާ އާއި އީރާނާ ދެމެދު މެދުކެނޑިފައިވާ ނިއުކްލިއާ މަޝްވަރާތައް އަލުން ފެށުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ދެ ޤައުމުން ވެސް ބުނެއެވެ.

އީރާނަށް އެމެރިކާ އިން ޙަމަލާ ދިނުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު އެއް ޤައުމަކީ ކުވެއިތެވެ. އީރާނުން ފޮނުވި ބަދަލު ހިފުމުގެ ހަމަލާތަކުގައި ކުވައިތުގެ އެތެރޭގައި ހުރި އަސްކަރީ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗާތަކަށް ގެއްލުން ލިބުނު އިރު ސިފައިންނާއި އާންމުންގެ ބަޔަކު މަރުވެ އިތުރު އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އަދ ވައިގެ ދިފާއީ އޮޕަރޭޝަންތަކުގައި މަތިންދާބޯޓު ތައް ގޮއްވައިލުމުގެ ހާދިސާތައް ހިނގުމުގެ އިތުރުން ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާދީ ޓާމިނަލްތަކަށާއި ރާޑަރ ސިސްޓަމްތަކަށާއި ފިއުލް އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

Advertisement

Advertisement 1

ޕާކިސްތާނަކީ އީރާނު-އެމެރިކާ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑެތި މަސައްކަތްތައް ކުރަމުން ގެންދާ ޤައުމެވެ. އެމެރިކާއާއި އީރާނާ ދެމެދު މުހިންމު މެދުވެރިއެއްގެ ގޮތުގައި ޕާކިސްތާނުން ދަނީ ބޮޑެތި ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުންނެވެ.

ކުވެއިތުޕާކިސްތާންއީރާންއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕާކިސްތާނުގެ ހަމަލާތަކުގައި މިއަހަރު އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރުވެއްޖެ

ޕާކިސްތާނުން މިއަހަރުތެރޭ އަފްޣާނިސްތާނުގެ 779 އަށްވުރެ ގިނަ އާންމުން މަރާލައިފި

12 ގަޑިއިރު ކުރިން - 11:54

ޚާމަނާއީ ފަސްދާނުލުން ބުރާސްފަތި ދުވަހު

ޚާމަނާއީ ފަސްދާނުލުން ބުރާސްފަތި ދުވަހު

14 ގަޑިއިރު ކުރިން - 10:02

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

1 ދުވަސް ކުރިން - 11:15

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

ޚާމަނާއީގެ ޖަނާޒާ އަށް ފަހު އެމެރިކާ-އީރާން މަޝްވަރާތައް އަލުން ފަށާނެ

3 ދުވަސް ކުރިން - 12:18

ރިވޮލިއުޝަނަރީ ގާޑުންގެ ދެމީހަކު މަރާލައިފި

ރިވޮލިއުޝަނަރީ ގާޑުންގެ ދެމީހަކު މަރާލައިފި

5 ދުވަސް ކުރިން - 12:16

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނުން މަޝްވަރާކުރަން ނިންމައިފި

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އެމެރިކާއާއި އީރާނުން މަޝްވަރާކުރަން ނިންމައިފި

6 ދުވަސް ކުރިން - 09:10