އިސްރާއީލުގެ ސިފައިންނަށް ލުބުނާނުގެ ހިޒްބުالله އިން ވަރަށް ވަރުގަދަ ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. އަލްޖަޒީރާ އިން ބުނާ ގޮތުގައި ލުބުނާނުގެ ދެކުނުގައި އިޒުރޭލު ސިފައިންނަށް އިއްޔެ ކުރިމަތިވީ ހަމަލާތަކުގެ ރާޅަކާއެވެ.
ހިޒްބުالله އިން އިއްޔެ ވަނީ އިޒުރޭލުގެ މެރްކާވާގެ 4 ޓޭންކު ވެސް ގޮއްވާލާފައެވެ. މީގެ އިތުރުން އިޒުރޭލުގެ ހަރްމީސް 450 ޑްރޯނެއް ވެސް ވައްޓަލާފައި ވެއެވެ. މި ޑްރޯން ވައްޓައިލީ މިސައިލް ޙަމަލާ އަކުންނެވެ.
މީގެ އިތުރުން ލުބުނާނުގެ ދެކުނުގައި އިޒުރޭލުން އަލަށް ގާއިމްކުރި ސައިޓަށް ވެސް ހިޒްބުالله އިން ވަނީ ހަމަލާ ދީފައެވެ. މި ހަމަލާ ދީފައި ވަނީ އިޒުރޭލުގެ ސިފައިން އެއްވެފައި ތިބި ވަގުތަކާއި ދިމާކޮށް ޑްރޯން ބޭނުން ކޮށްގެންނެވެ.
ހަމަ އެހެންމެ ލުބުނާނުގެ ދެކުނުގެ ޝާމާ ޓައުންގައި ވެސް އިޒުރޭލު ސިފައިން އެއްވެ ތިބި ވަގުތަކާއި ދިމާކޮށް ހިޒްބުالله އިން ވަނީ ޑްރޯންތަކަކާއެކު އިސްރާއީލުގެ ސިފައިންނަށް ހަމަލާ ދީފައެވެ.
މި ނޫނަސް ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކުގައި އިޒުރޭލުގެ ސިފައިންނަށް އަމާޒުކޮށް ބޮޑެތި ވަރުގަދަ ހަމަލާތައް ހިޒްބުاللهއިން ދިނެވެ.
ޔަހޫދީ ސިފައިންގެ ދެމީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ބުނުން ފިޔަވައި މަރުވި ނުވަތަ ޒަހަމް ވި ސިފައިންގެ ތަފްސީލެއް އިޒުރޭލުން ހާމަލައެއް ނުކުރެއެވެ.









