އިސްރާއީލުން ލުބުނާނަށް މިއަދު ދިން ހަމަލާތަކުގައި ލުބުނާނުގެ ދެކުނުން ނުވަ މީހަކު ޝަހީދުވެއްޖެއެވެ.
ހައްދުފަހަނަ އެޅި ޔަހޫދީން ބުނާ ގޮތުގައި މިހާރު ލުބުނާނުގައި އެ ހިންގަނީ އަސްކަރީ ޙަރަކާތެކެވެ. ބޭނުމަކީ ލުބުނާނުގެ ދެކުނުން އިސްރާއީލަށް ނުރައްކަލެއް ނެތް ކަން ކަށަވަރު ކުރުމެވެ.
ޝަހީދުވި މީހުންގެ ތެރޭގައި ރެސްކިއު ވޯކަރުން ހިމެނޭއިރު، ކޮންފްލިކްޓް ޒޯންތަކުގައި ހަރަކާތްތެރިވާ ފަސްޓް ރެސްޕޮންޑަރުންނަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަ ކުރެއެވެ.
އިއްޔެ ނޫން ކުރީ ދުވަހު ވެސް ފަސް މީހަކު ޝަހީދު ކޮށްލާފައި ވެއެވެ.









