ޖެރޫސެލަމްގައި ތިބި މުސްލިމުންގެ ގެތައް ތަޅަން އިޒުރޭލުގެ އަސްކަރިއްޔާ އިން އަމުރެއް ނެރެފިއެވެ. ގުދުސްގެ ސިލްވާން ސަރަހައްދުގެ ގެތައް ތަޅާލަން އިޒުރޭލުން ނިންމި އިރު މިއީ މާތްވެގެންވާ މަސްޖިދުލް އަޤްޞާގެ ދެކުނުފަރާތުގައި ދިރިއުޅޭ މުސްލިމުންގެ ގެތަކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސިލްވާންގެ ގާތްގަނޑަކަށް 140 ގެ ތަޅާލުމަށް އަމުރު ކުރާއިރު، އަލްބުސްތާނުގައި ވެސް މަދުވެގެން 5 ގެއެއް ތަޅާލައި، ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 18 މީހަކު އެ މީހުންގެ ގެދޮރުން ނެރެލައިފިއެވެ.
އިރުމަތީ ގުދުސް ހުރަސްކޮށް މިދިޔަ އަހަރު އެކަނިވެސް 360 އަށް ވުރެ ގިނަ އިމާރާތް ތަޅާލާފައިވާއިރު، އެ އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 460 އާއިލާއެއް ވަނީ ގެދޮރުން ނެރެލާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި. މިދިޔަ އަހަރުގެ ޖެނުއަރީ އާއި ސެޕްޓެމްބަރާއި ދެމެދު ވެސް ގާތްގަނޑަކަށް 1384 ގެ ތަޅާލާފައި ވެއެވެ.









