Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"އަދަދު" ނޫހުގެ ސީއީއޯ ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައި

"އަދަދު" ނޫހުގެ ސީއީއޯ ފިޔާޒުގެ ޕާސްޕޯޓު ހިފަހައްޓައި

މުހައްމަދު ޖަމްޝަތު
78 ދުވަސް ކުރިން - 28 އޭޕްރިލް 2026 10:00
އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ---
އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ---
ޚުލާސާ

މި އަމުރު ނެރެފައިވަނީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ބެހެއްޓުން މުހިންމުކަމަށް ފުލުހުންނަށް ފެންނާތީ

"އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައި، އޭނާ ރާއްޖެއިން ފުރުން މަނާކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ބެހެއްޓުން މުހިންމުކަމަށް ފުލުހުންނަށް ފެންނާތީއެވެ.

ކުރިމިނަލް ކޯޓުން ރޭ 22:11 ގައި ނެރުނު އެ އަމުރުގައިވާ ގޮތުން، ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މައްސަލައަކީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޕާސްޕޯޓު ހިފެހެއްޓުމުގެ އިތުރުން، ފުލުހުން ވަނީ ރޭ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައިފާސްކޮށްފައެވެ. މި ފާސްކުރުމުގެ ތެރެއިން ތަހުގީގަށް ބޭނުންވާ ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement 1

އަދަދު ނޫހުން ބުނި ގޮތުގައި، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެންނެވެ. އެއީ ނަން ހާމަނުކުރާ މީހަކު ދިން އިންޓަވިއުއެއްގެ މައްޗަށް ބިނާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުވާ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން އަދި ރަސްމީކޮށް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ބަލަމުންދާ މައްސަލައެއް ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ކްރިމިނަލް ކޯޓުމޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

4 ގަޑިއިރު ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

14 ގަޑިއިރު ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

2 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

2 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

2 ދުވަސް ކުރިން - 19:09

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

ގއ.ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައިފި

3 ދުވަސް ކުރިން - 01:44