Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

18 އަހަރުގެ ކުއްޖާ މަރުވުމުގެ ކުރިން ފުލުހުން ދިޔައީ އެކުއްޖާގެ ކަންކަމާ ބަރާބަރަށް އެޓެންޑު ވަމުން: އިހްސާން

18 އަހަރުގެ ކުއްޖާ މަރުވުމުގެ ކުރިން ފުލުހުން ދިޔައީ އެކުއްޖާގެ ކަންކަމާ ބަރާބަރަށް އެޓެންޑު ވަމުން: އިހްސާން

އައިޝަތު ރުވާ ރިފްޢަތު
128 ދުވަސް ކުރިން - 23 އޭޕްރިލް 2026 13:01
ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސުގައި މިނިސްޓަރު އަލީ އިހުސާން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސުގައި މިނިސްޓަރު އަލީ އިހުސާން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ނަފްސާނީ މިފަދަ ނާޒުކު މައްސަލަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިހުސާން އިލްތިމާސްކުރި. އަދި ތަހުގީގުތައް ކުރިއަށްދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި.

މާލޭގެ ދަނާލެއްގައި މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 18 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވި ހާދިސާ ހިނގުމުގެ ކުރިން، ފުލުހުން އެ ކުއްޖާއާ މުއާމަލާތްކޮށް، ކަންކަން ބަލަމުންދިޔަ ގޮތުގެ ތަފްސީލީ ޓައިމްލައިނެއް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ހާދިސާ ހިނގި ރޭގެ 20:40 ހާއިރު ފުލުހުންގެ ވިކްޓިމް ސަޕޯޓުގެ ވައިބާ ނަންބަރަށް އެ ކުއްޖާ މެސެޖެއް ކުރި ކަމަށެވެ. އެ މެސެޖުގައި "އައި އޭމް ސޯ ކްލޯސް ޓު ގިވް އަޕް" އޭ ބުނެފައިވާއިރު، އޭގެ 9 މިނެޓު ފަހުން 20:49 ގައި ފުލުހުން ވަނީ "ހައި، ވުޑް ޔޫ ލައިކް ޓު ޝެއާ އެނީތިން ވިތު އަސް" ޖަހައި ޖަވާބު ދީފަ އެވެ.

މިނިސްޓަރު ހާމަކުރެއްވި ޓައިމްލައިންގައިވާ ގޮތުން، އެ ކުއްޖާ 20:50 ގައި "އައި ޖަސްޓް ކާންޓް ކޮންޓްރޯލް މައި ތޯޓްސް" އޭ ބުނުމަށްފަހު، 20:53 ގައި އެއްވެސް މީހަކަށް ނުގުޅުމަށާއި، އޭނާ ރަނގަޅުވާނެ ކަމަށް ބުނެ މެސެޖުކޮށްފައިވެ އެވެ. އަދި 20:56 ގައި ބޭރަށް ހިނގާލަން ދަނީ ކަމަށްވެސް އެ ކުއްޖާ ބުނެފައިވެ އެވެ.

Advertisement

Advertisement 1

އޭގެ ފަހުން އެއްވެސް މުއާމަލާތެއް ނުހިނގާ އޮތުމަށްފަހު، ދެން މެސެޖެއް ލިބުނީ ދަމުގެ ވަގުތެއްގަ އެވެ. "އެރޭ 00:38 ގައި 'އައި އޭމް ގޯން' ޖަހާފައި މެސެޖެއް ލިބުނު. އޭގެ ހަތަރު މިނެޓު ފަހުން 00:42 ގައި ފުލުހުން ވަނީ ހޮސްޕިޓަލަށް ދާން ބޭނުންތޯ ނުވަތަ ވާހަކަދައްކަން ބޭނުންތޯ އަހައި ރިޕްލައި ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެ މެސެޖަށްފަހު އެ ކުއްޖާގެ އެއްވެސް ރެސްޕޮންސެއް ނުލިބޭ ކަމަށާއި، 00:57 ހާއިރު އެ ކުއްޖާ ވައިބާއިން އޮފްލައިންވެފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ކުއްޖާ އެކި ފަހަރު މަތިން ފުލުހުންގެ އެކި ނަންބަރުތަކަށާއި 911 އަށް ގުޅަން މަސައްކަތް ކުރި ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ފުލުހުންގެ ނުވަތަ ސަރުކާރުގެ އެއްވެސް އެފަދަ ނަންބަރަކަށް އެ ކުއްޖާ ގުޅާފައި ނުވާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ.

މި ހާދިސާގެ ފަހުގެ ތަފްސީލުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ވިކްޓިމް ސަޕޯޓުން 01:03 ގައި ކޮމާންޑް ސެންޓަރަށް ގުޅައި، ސީންއަށް ފުލުހުން ފޮނުވުމަށް އެދުނު ކަމަށެވެ. އަދި 01:08 ހާއިރު ފުލުހުން ދަނާލަށް ވަދެ، އިދާރީ މުވައްޒަފުންނާ ގުޅިގެން ކުއްޖާ އުޅޭ ކޮޓަރި ހޯދުމުގެ މަސައްކަތް ފެށި އެވެ. 01:32 ގައި ކޮޓަރި ކަށަވަރުވެގެން ބެލިއިރު، ކޮޓަރީގެ ބޮކިތައް ހުރީ ނިއްވާލާފަ އެވެ. ފެންލައިޓުން ބެލިއިރު ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުމުން، ފުލުހުން ވަނީ ފެންލައިޓުން ކޮޓަރި ތެރެއަށް ވަދެ، ކުރަންޖެހޭ މަސައްކަތްތައް ކޮށްފަ އެވެ.

މިނިސްޓަރު އިހުސާން ވަނީ ނަފްސާނީ މިފަދަ ނާޒުކު މައްސަލަތަކުގައި ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އެފަދަ ވާހަކަތަކުގެ ސަބަބުން މިހާރުވެސް މިފަދަ ކަންކަން ތަހައްމަލު ކުރަމުންދާ ފަރާތްތަކަށާއި އާއިލާތަކަށް ބޮޑެތި ހިތާމަތަކެއް ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި މައްސަލައިގައި ފުލުހުންގެ އެތެރޭގެ ތަހުގީގެއް ހިންގުމުގެ އިތުރުން، މިނިވަން މުއައްސަސާތަކުންވެސް ބަލަންޖެހޭ ކަންކަން ބަލަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

މިނިސްޓަރު އަލީ އިހުސާންކުޑަކުދިންމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

4 ދުވަސް ކުރިން - 07:25

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

5 ދުވަސް ކުރިން - 13:11

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

5 ދުވަސް ކުރިން - 18:14

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 12:06