ގްލޯބަލް ޞުމޫދު ފްލޮޓިއްލާއިން 100 އަށް ވުރެ ގިނަ އުޅަނދާއި އެކު ކާނާ އާއި ބޭސްފަރުވާގެ ވަޞީލަތްތައް ހިފައިގެން ތުރްކިޔޭން އިންތިޒާމްކުރާ ގްލޯބަލް ޞުމޫދު ފްލޮޓިއްލާ މިއަދު ނައްޓާލާނެއެވެ. މި ދަތުރު ތުރްކިޔޭ އިން އިންތިޒާމް ކުރާއިރު ގިނަ އުޅަނދުތައް ރަސްމީކޮށް ނައްޓަލާނީ ސްޕޭނުގެ ބާސެލޯނާގެ ބަނދަރުންނެވެ.
މި މިޝަންގައި 100 އަށް ވުރެ ގިނަ އުޅަމދު ބައިވެރިވާއިރު، މި ޤާފިލާގެ މަޤްޞަދަކީ އިސްރާއީލުގެ ހުރަސްތައް މުގުރާލައި، އިންސާނީ އެހީ ސީދާ ޣައްޒާއަށް ފޯރުކޮށްދިނުމެވެ.
މިއީ މިހާތަނަށް އިންތިޒާމްކުރި އެންމެ ބޮޑު ޤާފިލާއެވެ. މިދިޔަ އަހަރުގެ ޤާފިލާގައި އިޒުރޭލު ކަނޑުގެ ސަރަޙައްދު ހުރަސް ކުރުމަށް މަސައްކަތްކުރީ ގާތްގަނޑަކަށް 40-50 އުޅަނދެވެ.










