އިޒުރޭލުގެ ސިފައިން ވައިގެ މަގުން އީރާނަށް މިވަގުތު ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 18 މީހުން މަރުވެއްޖެއެވެ. އޭގެ ތެރޭގައި ދެކުޑަކުދިން ވެސް ހިމެނެއެވެ.
އެމެރިކާ އާއި ބައިވެގެން ޒައެނިސްޓު އިޒުރޭލުން އީރާނަށް ޙަމަލާ ދެމުން ގެންދާ އިރު ތެހެރާނުގެ ޙަމަލާތަކުގައި ޔަހޫދީ ދައުލަތަށް ވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފައެވެ.
އީރާނުގެ ޙަމަލާތައް އިޒުރޭލުގެ އެންމެ ފުނާއި ހަމަޔަށް އެބަ ފޯރައެވެ. އެ ޙަމަލާތަކުގައި މިހާތަނަށް މަދުވެގެން 23 ޒައެނިސްޓުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ހައިފާގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް އެރި ޙަމަލާ ތަކުގައި މަރުވި ޒައެނިސްޓު ރައްޔިތުން ވެސް ހިމެނޭ ކަމަށް މަސްދަރުތަކުން ބުނެއެވެ.
އިޒުރޭލުން މިހާރު ވެސް ގާތްގަނޑަކަށް 3000 އެއްހާ މީހުން ޒަޚަމްވެފައިވާއިރު، ވެރިރަށް ޓެލް އަވީވް އާއި ހައިފާ ފަދަ މެދުތެރޭގެ ސިޓީތަކަށް މިސައިލްތަކާއި ޑްރޯންގެ އެތައް ރާޅެއް އަމާޒުވެ، މިއިން ޒަމާނަކު ނުލިބޭހާ ގެއްލުންތައް ވަނީ ލިބިފައެވެ.










