އިޒުރޭލުން އީރާނުގެ ކެމިކަލް ފެކްޓަރީ އަކަށް ބޮން އަޅައި ގޮއްވާލައިފިއެވެ. ގޮއްވާލާފައި ވަނީ ބޮމާއި ބެލިސްޓިކް މިސައިލް އުފެއްދުމަށް ބޭނުންވާ ތަކެތި އުފައްދާ ފެކްޓަރީއެކެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި ބޮން އަޅާފައި ވަނީ ޝީރާޒް ޕެޓްރޯކެމިކަލް ފެސިލިޓީ އަށެވެ.

އިސްރާއީލުން ވަނީ މީގެ ކުރިން އީރާނުގެ އެހެން ޕެޓްރޯކެމިކަލް ސައިޓަކަށް ވެސް ހަމަލާ ދީފައެވެ.

މިއަދު ތެހެރާނުގެ އެއާޕޯޓެއް ކައިރިޔަށް ވެސް އިޒުރޭލުން ދަނީ ވަރުގަދަ ޙަމަލާތައް ދެމުން ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކުރެއެވެ.