Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރެކޯޑު މުއްދަތެއްގައި ވޭމަންޑޫގެ ބިން ހިއްކައި ނިންމާލައިފި

ރެކޯޑު މުއްދަތެއްގައި ވޭމަންޑޫގެ ބިން ހިއްކައި ނިންމާލައިފި

މުހައްމަދު ޖަމްޝަތު
146 ދުވަސް ކުރިން - 7 އޭޕްރިލް 2026 13:09
ތ. ވޭމަންޑޫ. އެރަށަށް ބޭނުންވާ 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައި---ފޮޓޯ: އެމްއޭސީއެލް
ތ. ވޭމަންޑޫ. އެރަށަށް ބޭނުންވާ 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައި---ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

ވޭމަންޑޫއިން 27 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވަނީ އެންމެ 23 ދުވަސް ތެރޭގަ

ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ދަށުން ވެލި އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. މި މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އެންމެ 23 ދުވަސް ތެރޭގައެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން ވޭމަންޑޫއަށް ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ އިތުރުކޮށްފައެވެ. މި ބިން ހިއްކުމަށްޓަކައި 882,693 ކިއުބިކް މީޓަރުގެ ވެލި ވަނީ ބޭނުންކޮށްފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ ހިއްކި ބިން ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތަކެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސް މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. 1,300 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވޭމަންޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި މަޝްރޫއުގެ ސަބަބުން ދާއިމީ ހައްލެއް ލިބި، އިގުތިސާދީ ގޮތުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.

ބިން ހިއްކުމުގެ އިތުރުން ވޭމަންޑޫގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ސަރުކާރުން ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމާއި، އެ ދެމެދުގައި އޮންނަ "އެލާ" ފަޅުރަށް ފަތުރުވެރިކަމަށް ތަރައްގީކުރުން ހިމެނެއެވެ. އަދި 50 އެނދުގެ ހޮސްޕިޓަލަކާއި، 500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1,200 މީހުންގެ ކެޕޭސިޓީގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ބިނާކުރުންވެސް ހިމެނެއެވެ.

އެމްއޭސީއެލްބިން ހިއްކުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

21 ގަޑިއިރު ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

6 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50