ކުވައިތުގެ ސަރުކާރުގެ މިނާ އަލް އަހުމަދީ ތެޔޮ ރިފައިނަރީ އަށް ޑްރޯން ހަމަލާ ތަކެއް ދީ، އޮޕަރޭޝަނަލް ބައެއް ޔުނިޓްތަކުގައި އަލިފާން ރޯވެ އަނދަމުން އެބަ ދެއެވެ. މި ޙަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކުވެއިތުން ބުނެއެވެ.
ކުވައިތު ނޭޝަނަލް ޕެޓްރޯލިއަމް ކޮމްޕެނީން ހިންގާ މި ރިފައިނަރީއަކީ އެގައުމުގެ އެންމެ ބޮޑު އެއް ރިފައިނަރީއެވެ. މިއީ ދުވާލަކު ގާތްގަނޑަކަށް 346،000–466،000 ފީފާ ސާފުނުކުރާ ތެޔޮ ޕްރޮސެސް ކުރާ މަރުކަޒެކެވެ. އެއީ ޑީސަލް، ގޭސް، އަދި ޖެޓް ފިއުލް ވެސް ހިމެނޭ ހެން ހުރިހާ ބާވަތެއްގެ ތެލެވެ.
މި ހާދިސާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އަދި ނަގާފައެއް ނުވެއެވެ.










