ކުވެއިތުގެ އެއާޕޯޓަށް ޙަމަލާދީފިއެވެ. މި ހަމަލާ ދިނީ ކޮން ބަޔަކު ކަމެއް އަދި ނޭނގޭ އިރު، ޙަމަލާ އަމާޒުކޮށްފައި ވަނީ ސުއިސައިޑް ޑްރޯނެއް ބޭނުން ކޮށްގެން ފިއުލް ޓޭންކަކަށް ކަމަށް ޚަބަރު ލިބެއެވެ.
ކުވެއިތަށް ދިން ޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނަގާ އިރު، އީރާނުން މީގެ ކުރިން ބުނެފައި ވަނީ އެ ޤައުމަށް ޙަމަލާ ދިނުމަށް ބޭނުންކުރާ ހުރިހާ ސަރަޙައްދީ އަމާޒު ތަކަށް ޙަމަލާ ދޭނެ ކަމަށެވެ.
މިރޭ އިރާއިކޮޅު އެމެރިިކާ އާއި އިޒުރޭލުން އީރާނަށް ޙަމަލާ ދިނެވެ. އެ މީހުންގެ ބޭސް އެއް ކުވެއިތުގައި އެބަހުއްޓެވެ.
ފެބްރުއަރީ 28 އިން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 833 މިސައިލާއި ޑްރޯން ޙަމަލާތައް ކުރިމަތިވެފައި ވާއިރު ހަނގުރާމައިގެ ކުރީކޮޅު ވެސް ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓާއި، އަލީ އަލް ސަލީމް އެއާ ބޭސް، އަދި އެމެރިކާގެ ފެސިލިޓީ ފަދަ ތަންތަނަށް ހަމަލާދިނެވެ.
ހަމަލާތައް ގިނަވި ނަމަވެސް، އެހެން ސަރަހައްދުތަކާއި އަޅާ ބަލާއިރު ކުވައިތު މީހުންނަށް ގެއްލުން ލިބުނު ވަރު މަދެވެ. އެ ޤައުމުން މިހާތަނަޢް މަރުވީ އެންމެ މީހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. 32 މީހަކަށް އަނިޔާވެފައި ވާއިރު، ބެލެވޭ ގޮތުގައި އެއީ ބޯޑަރު ގާޑުންނާއި އެމެރިކާގެ ސިފައިންނެވެ.










