ހިނގަމުންދާ ސަރަހައްދީ ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާ އަށް މިސައިލް ހަމަލާ އެއް ފޮނުވައިފިއެވެ. މި ހަމަލާ ގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބޭ އިރު އެ ގައުމުން ބުނީ ހަމަލާ އައީ ޣިރާޤުގެ ބޯޑަރު ސަރަޙައްދުންނެވެ.
ހުސްވި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ ރިޔާޟް، ޕްރިންސް ސުލްތާން އެއާ ބޭސް، ކިންގް ޚާލިދު އެއާޕޯޓް، ރާސް ތަނޫރާ ރިފައިނަރީ، ޝައިބާ ތެޔޮ ފީލްޑް، އަލް ޚަރްޖް، އަދި ޔަންބޫ ފަދަ ތަންތަނަށް ވަނީ މިސައިލާއި ޑްރޯންތަކުން ހަމަލާދީފައެވެ. ނަމަވެސް މީގެތެރެއިން ހަކަތަ އާއި ގުޅުން ހުރި ތަންތަނަށް ދީފައިވާ ޙަމަލާ ތަކަކީ އީރާނުން ދިން ޙަމަލާތަކެއް ނޫން ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.
މިރޭ އީރާނުން ބުނެފައި ވަނީ ސައޫދީގައި ހުންނަ އެމެރިކާގެ ބޭސް އަށް ހަމަލާ ދީފައިވާ ކަމަށެވެ.
އީރާނުން ދަނީ އެގައުމުގެ ފަސްގަނޑަށް އެމެރިކާ-އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ސައުދީ އަރަބިއްޔާ، ގަތަރު، އަދި ޔޫއޭއީ ހިމެނޭ ގޮތަށް މުޅި ގަލްފުގައިވާ އެމެރިކާގެ ބޭސްތަކަށް ހަމަލާ ދެމުންނެވެ.










