Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗެލްސީ އާއި ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެ

ޗެލްސީ އާއި ލިވަޕޫލް ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
164 ދުވަސް ކުރިން - 22 މާޗް 2026 02:30
ޗެލްސީ އަތުން އެވަޓަން މިރޭ މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިން---
ޗެލްސީ އަތުން އެވަޓަން މިރޭ މޮޅުވެފައިވަނީ 0-3 ގެ ނަތީޖާއިން---
ޚުލާސާ

ޗެލްސީ އާއި ލިވަޕޫލުން މި ސީޒަނުގައި ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ތާވަލުގެ ގަދަ ހަތަރަކަށް އެރުމަށްޓަކައި ކުރާ މަސައްކަތްތަކަށް މިވަނީ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައި.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށް ފަހު، ތާވަލުގެ ކުރީގައި އުޅޭ ޓީމުތަކަށް ނުކުތީ ހީނުކުރާ ފަދަ ނަތީޖާތަކެކެވެ. އެގޮތުން ލިވަޕޫލާއި ޗެލްސީ ބަލިވިއިރު، މެންޗެސްޓާ ޔުނައިޓެޑަށް ޖެހުނީ އެއްވަރުވެގެން ފަރުޖައްސާލާށެވެ.

ބޯންމައުތާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑެސް ޔުނައިޓެޑަށް ލީޑު ނަގައިދިން ނަމަވެސް، 67 ވަނަ މިނެޓުގައި ރަޔަން ކްރިސްޓީ ވަނީ ބޯންމައުތަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޔުނައިޓެޑަށް ދެވަނަ ގޯލަކީ 71 ވަނަ މިނެޓުގައި ބޯންމައުތުގެ ޖޭމްސް ހިލްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މަގުއިރޭއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާ އެކު، ޔުނައިޓެޑަށް މެޗުގެ ކޮންޓްރޯލް ގެއްލުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޫނިއާ ކްރޫޕީ ވަނީ ބޯންމައުތަށް މެޗުގެ ނަތީޖާ އަލުން އެއްވަރުކޮށްދީފަ އެވެ.

ލިވަޕޫލް ކުޅުނު މެޗުން ބްރައިޓަން އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ބްރައިޓަންގެ ދެ ގޯލުވެސް، މެޗުގެ 14 ވަނަ މިނެޓާއި 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ޑެނީ ވެލްބެކެވެ. ލިވަޕޫލްގެ ހަމައެކަނި ގޯލު 30 ވަނަ މިނެޓުގައި ޖަހައިދިނީ މިލޮސް ކާކެޒް އެވެ.

Advertisement

Advertisement 1

ޗެލްސީއަށް ކުރިމަތިލާން ޖެހުނީ ވަރަށް ހިތްދަތި ނަތީޖާއެކެވެ. އެވަޓަން އަތުން އެޓީމު ބަލިވީ 3-0 އިންނެވެ. އެވަޓަންގެ ބެޓޯ ވަނީ 33 ވަނަ މިނެޓާއި 62 ވަނަ މިނެޓުގައި ދެ ގޯލު ޖަހާފަ އެވެ. އެޓީމުގެ ތިންވަނަ ގޯލު 76 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑިއާޔޭ އެވެ.

މީގެ އިތުރުން ފުލަމް އާއި ބާންލޭ ބައްދަލުކުރި މެޗު 1-3 އިން ކާމިޔާބުކުރީ ފުލަމްއެވެ.

މި ނަތީޖާތަކާއެކު ގަދަ ހަތަރަކަށް އެރުމަށްޓަކައި ޗެލްސީ އަދި ލިވަޕޫލް ކުރަން ޖެހޭ މަސައްކަތްތައް މިވަނީ ވަރުގަދަކުުރަންޖެހިފަ އެވެ. ތާވަލުގެ ހަ ވަނައިގައި ޗެލްސީ 48 ޕޮއިންޓާއެކު އޮތްއިރު ލިވަޕޫލް ފަސް ވަނައިގައި އޮތީ 49 ޕޮއިންޓާއެކު އެވެ. މެންޗެސްޓާ ޔުނައިޓެޑް ތިން ވަނައިގައި އޮތީ 55 ޕޮއިންޓު ހޯދައިގެންނެވެ.

އިނގިރޭސި ޕްރިމިއަރ ލީގުލިވަޕޫލްމެންޗެސްޓަރ ޔުނައިޓެޑްޗެލްސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

2 ދުވަސް ކުރިން - 22:27

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

37 ދުވަސް ކުރިން - 20:03

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

37 ދުވަސް ކުރިން - 14:55

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

50 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

93 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

94 ދުވަސް ކުރިން - 19:29