'އެޓޯލް ބިޒްނަސް އެކްސްޕޯ' ބ.އޭދަފުށީގައި ބާއްވަން އެކްސްޕޯ އިންތިޒާމު ކުރާ ހައިރައިޒް އިން ނިންމައިފިއެވެ.
މިކަން އިއުލާނުކޮށްފައިވަނީ އިއްޔެ މާގިރި ހޮޓަލުގައި އިއްޔެ ބޭއްވި ހާއްސަ ސޮއިކުރުމުގެ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ހައިރައިޒްއާއެކު، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލުން ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު, މި އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މައިޝާ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައިޝާ ވިދާޅުވީ މި އެކްސްޕޯގެ އެންމެ ބޮޑު މަގުސަދަކީ ބޮޑެތި ވިޔަފާރިތަކާއި ލޯކަލް ކުދި ވިޔަފާތިތަކަށް އަދި ރިސޯޓުތަކަށް ވެސް ރަނގަޅު ނެޓްވޯކެއް ގާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މިއީ ވިޔަފާރިތައް އެއްތަނަކުން ދިމާވެ ގުޅުން ބަދަހި ކުރުމަށް ޕްރިމިއަމް ޕްލެޓްފޯމެއް ކަމަށް ވެސް ހައިރައިޒް އިން ވަނީ ބުނެފައެވެ.
މި އިވެންޓުގައި ބައިވެރިވާ ޕާޓްނަރުން:
- ސިލްވާ ސްޕޮންސާ: ރެޑް ސްޓާ
- ބެވަރޭޖް ޕާޓްނާ: ކޮކާކޯލާ
- ލައިޓް އެންޑް ސައުންޑް: މޯލްޑިވްސް މޫމެންޓްސް
- ޓެކްނޮލޮޖީ ޕާޓްނާ: ފައި އެސް ސިސްޓަމްސް
- ޓެބްލޮއިޑް ޕާޓްނާ: ދަ އައިލެންޑް ޗީފް
- އެގްޒިބިޓާ: ކޮމާޝަލް ބޭންކް އޮޕް މޯލްޑިވްސް (ސީބީއެމް)
މި އެސްޕޯ ކުރިއަށްދާނީ މާޗް 27 އިން 29އަށް ބ. އޭދަފުށީގައެވެ.










