އީރާނުގެ ނިއުކްލިއާ ސައިޓުތައް މޮނިޓާކުރަން މިހާރު އުނދަގޫ - އައިއޭއީއޭ

ހުސައިން އިސްމާއިލް | 13 ގަޑިއިރު ކުރިން - 14 ފެބްރުއަރީ 2026 14:11
އިއްޔެ ޖަރުމަނުގެ މިއުނިކް ގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސްގައި އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ.
އިއްޔެ ޖަރުމަނުގެ މިއުނިކް ގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސްގައި އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ.
ޚުލާސާ

12 ދުވަހުގެ ހަނގުރާމައާއި ގުޅިގެން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މޮނިޓަރ ކުރަން އުނދަގޫ ކަމަށާއި، އެތަންތަނަށް ވަނުމަކީ ރިސްކެއް ކަމަށް އައިއޭއީއޭގެ ވެރިޔާ ވިދާޅުވެއްޖެ.

ނިއުކްލިއާ އިންސްޕެކްޝަންތަކާއި ގުޅޭ ގޮތުން އީރާނާއި އެކު އައު އެއްބަސްވުމެއް ހެދުމަކީ "ކުރެވޭނެ" ނަމަވެސް "ބިރުވެރި އުނދަގޫ" ކަމެއް ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ވެރިޔާ އައިއޭއީއޭގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ގްރޮސީ ވިދާޅުވީ، ޖޫން 2025 ގައި އިސްރާއީލާއި އެކު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ސަބަބުން ނަތަންޒް، ފޯޑޯ އަދި އިސްފަހާންގެ މުހިއްމު ފެސިލިޓީތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި، އެހެންކަމުން ކުރިން އެ ތަންތަނަށް އިންސްޕެކްޓަރުންނަށް ރައްކާތެރިކަމާއެކު ވަދެވުނަސް މިހާރު އެއީ ބިރުވެރި ކަމެއް ކަމަށެވެ.

އައިއޭއީއޭ އަށް އޮތް އެންމެ ބޮޑު ބިރުވެރި ކަމަކީ އީރާނުން މިހާރު ކުރިޔަށް ވުރެ ޔުރޭނިއަމް މުއްސަނދި ކޮށްފައި ހުރެދާނެތީއެވެ.

އެމެރިކާ އާއި އިޒުރޭލުން ގުޅިގެން މިދިޔަ އަހަރު އީރާނުގެ ނިއުކްލިއާ ސައިޓުތަކަށް ބޮން އެޅި އިރު 60 ޕަސެންޓާއި ހަމައަށް ހުރޭނިއަމް ހުރީ މުއްސަނދިކޮށްފައެވެ. ނިއުކްލިއާ ބޮމެއް އުފެއްދުމަށް ބޭނުންވަނީ 90 ޕަސެންޓެވެ.

އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް އައިއޭއީއޭ އިން ތުހުމަތު ނުކުރާއިރު، ނިއުކްލިއާ ނޮން ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގެ މެންބަރެއްގެ ގޮތުގައި އީރާނަށް ސުލްހަވެރި ނިއުކްލިއާ ހަރަކާތްތައް ހިންގުމުގެ ހައްގު ލިބިގެންވާ ކަމަށް ގްރޮސީ ފާހަގަކުރެއްވިއެވެ.

އިސްރާއީލުން އީރާނަށް ހަމަލާތައް ދިނީ ޖޫން 13، 2025 ގައެވެ. އެ ހަމަލާތަކުގައި އީރާނުގެ އަސްކަރީ އިސް ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންސްވެރިން މަރުވެފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުހައްމަދު ބަގޭރީ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ޗީފް ޖެނެރަލް ހުސެއިން ސަލާމީ އަދި ސެންޓްރަލް ހެޑްކުއާޓަރުގެ އިސް ކޮމާންޑަރު ޖެނެރަލް ޣޯލަމް އަލީ ރަޝީދު ހިމެނެއެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%