ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސްއިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި އެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާލައިނުން މިއަދު ރާއްޖެއައި ފުރަތަމަ މަތިންދާބޯޓު، އެޗްބީ 2،500 އަށް ވޯޓާ ސެލިއުޓެއް އަރުވާފައިވާއިރު، އެ އެއާލައިނުން ރާއްޖެ އައި 174 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޮންގްކޮންގްއިން ސީދާ މާލެއަށް، ކޮންމެ ދުވަހަކު އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެކެވެ.
ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިންކަން ފާހަގަކޮށްލެވެ އެވެ.
ފަސް އެއާލައިނަކުން ހަ ފްލައިޓު ކޮންމެ ހަފްތާއަކު ޗާޓަރު ދަތުރުތައް ކުރާ އިރު، 33 އެއާލައިނަކުން 381 ފްލައިޓް ކޮންމެ ހަފްތާއަކު ޝެޑިއުލް ދަތުރުތައް ކުރާ ކަމަށް އެމްއޭސީއެލްއިން ވަނީ މައުލޫމާތު ދީފަ އެވެ.









