ބިދޭސީންގެ ތެރެއިން މަދު ބަޔެއް ހަދާ ގޯސްތަކެއްގެ ސަބަބުން ރާއްޖޭގައި އުޅޭ މުޅި ބިދޭސީ މުޖުތަމަޢު ކުށްވެރިނުކުރުމަށް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް ވިދާޅުވެއްޖެއެވެ.
އުފެއްދުންތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ސަބަބުން ބަލިތައް ގިނަގިނައިން ފެތުރެމުންދާތީ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވީ , އެއީ ކުރީ ސަރުކާރުގެ އިހުމާލުތަކުގެ ސަބަބުން ވީ ކަމެކެވެ. އެކަމަނާ މިފަދައިން ވިދާޅުވީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މަލްޝާ ވަނީ ބިދޭސީންނާއި އެކަމުގައި ބައިވެރިވާ ދިވެހިން ހިމެނޭ ގޮތަށް ގާނޫނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވާފައެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ބަންގްލަދޭޝް އާއި އަދި އެހެނިހެން ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނައީ ތެދުވެރި، އަދި ބުރަ މަސައްކަތް ކޮށްގެން އުޅޭ ބައެއް ކަމަށާއި މަދު ބަޔެއް ހަދާ ގޯސްތަކެއްގެ ސަބަބުން މުޅި ބިދޭސީ މުޖުތަމައު ކުށްވެރި ނުކުރެވޭނެ ކަމަށެވެ.










