ރޮނާލްޑޯ ފިލްމީ ދާއިރާއަށް ނުކުންނަނީ؟

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 4 ގަޑިއިރު ކުރިން - 25 ޖެނުއަރީ 2026 10:40
ރޮނާލްޑޯ ހޮލީވުޑްގެ ތަރިއަކާއެކު: ފިލްމު ކުޅެފާނެ
ރޮނާލްޑޯ ހޮލީވުޑްގެ ތަރިއަކާއެކު: ފިލްމު ކުޅެފާނެ
ޚުލާސާ

ސޯޝަލް ނެޓްވޯކްތަކުގައި އެންމެ މަގުބޫލު، އެންމެ މަޝްހޫރު މީހަކީ ރޮނާލްޑޯ އެވެ. ހޮލީވުޑްގެ ތަރިންގެ ތެރޭގައި އޭނާ ހިމެނޭނަމަ ހޮލީވުޑަށް ވެސް އިތުރު ކުރިއެރުމެއް ލިބޭނެ

ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑު ސްކްރީނުން ފެނިދާނެ ކަމުގެ އިޝާރާތެއް ވޯލްޑް ކަޕް ކާމިޔާބުކުރި ފަރަންސޭސި ވިލާތުގެ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަރި އެމަނުއެލް ޕެޓިޓް ދީފި އެވެ. 

ޕެޓިޓް ސޯޝަލް މީޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ ބޮޑު ފިލްމީ ތަރިއަކަށް ވެދާނެ ކަމަށެވެ.

ހައިރާންވާ ކަމަކީ އަޅުގަނޑުމެންނަށް ފިލްމުތަކުން އިތުރު އެތުލީޓުން، ކުޅުންތެރިން ނުފެންނަ ސަބަބެވެ. އަޅުގަނޑުމެންނަށް ފެންނަނީ ރެޕަރުންނާއި އިންފްލޫއެންސަރުންނާއި މަޝްހޫރު އެތައް ޝަހުސިއްޔަތުންތަކެއް ފިލްމުތަކުގައި މަސައްކަތް ކުރާތަނެވެ. އެކަމަކު ކުޅިވަރުގެ ޝަހުސިއްޔަތުން މާ މަދުން ފެންނަނީ ކީއްވެގެން ހެއްޔެވެ؟

ޕެޓިޓް ބުނީ ރޮނާލްޑޯއަށް ޓަކައި އޭނާ ފަހުރުވެރިވާކަމަށާއި ހީވަނީ ރޮނާލްޑޯގެ ކިބައިގައި މީހުންނަށް ނުފޫޒު ފޯރުވުމުގެ ގާބިލުކަމާއި ހާއްސަ ޝައުގުވެރިކަމެއް ހުރި ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެންމެ މަގުބޫލު އަދި އެންމެ މަޝްހޫރު މީހަކީ ވެސް ރޮނާލްޑޯ އެވެ. ހޮލީވުޑްގެ ބޮޑެތި ތަރިންގެ ތެރޭގައި އޭނާ ހިމެނޭނަމަ ހޮލީވުޑަށް ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އެވެ.

ޕެޓިޓް ބުނީ ކޮންމެވެސް އެއްދުވަހަކުން ރޮނާލްޑޯއަށް އޮސްކާ ވެސް ލިބޭނެ ކަމަށާއި، ތެދަށް ބުނާނަމަ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހެދިދާނެ ކަމަށެވެ. "ނަފްސާނީ ގޮތުން އޭނާއަށް ވުރެ ވަރުގަދަ މީހަކު އަހަރެން ނުދެކެން،" ޕެޓިޓް ބުންޏެވެ.

ރޮނާލްޑޯ ފިލްމީ ދުނިޔެއިން ފެނިދާނެކަމަށް ޕެޓިޓް ވާހަކަދެއްކުމުގެ ކުރިން ވެސް "ފާސްޓް އެންޑް ފިއުރިއަސް"ގެ ސިލްސިލާއަކުން ރޮނާލްޑޯ ފެނިގެންދާނެކަމުގެ އަޑުތައް ވަނީ ފެތުރިގެން ގޮސްފަ އެވެ.

ފާއިތުވި، 2025 ވަނަ އަހަރު ރޮނާލްޑޯއަށް ވަނީ ދުނިޔޭގެ އެންމެ ބޮޑު އާމުދަނީއެއް ލިބޭ އެތުލީޓުންގެ ލިސްޓުގެ އެއްވަނަ ލިބިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%