Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ 111 ބިލިއަން ރުފިޔާއަށް އަރާނެ

މިއަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ 111 ބިލިއަން ރުފިޔާއަށް އަރާނެ

މުހައްމަދު ޖަމްޝަތު
178 ދުވަސް ކުރިން - 20 ޖެނުއަރީ 2026 11:41
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ. މިއަހަރު ރާއްޖޭގެ ޖީޑީޕީ 111 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައި--- ފޮޓޯ: ޚުލާސާ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ. މިއަހަރު ރާއްޖޭގެ ޖީޑީޕީ 111 ބިލިއަނަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައި--- ފޮޓޯ: ޚުލާސާ
ޚުލާސާ

ޖީޑީޕީ ކުރިއެރުމަކީ ގައުމުގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ކަމުގެ ހެއްކެއް. އިގުތިސާދު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން

މިއަހަރު ނިމޭއިރު ދިވެހިރާއްޖޭގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ނުވަތަ ގައުމީ އުފެއްދުންތެރިކަން 111.4 ބިލިއަން ރުފިޔާއަށް އުފުލޭނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަންދާޒާކޮށްފި އެވެ. އެމްއެމްއޭ އިން ބުނިގޮތުގައި، މިއީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ސަރުކާރާއި އެ ބޭންކުން ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ލިބިގެންދާނެ ކުރިއެރުމެކެވެ.

ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑަކީ ގައުމެއްގެ ސަރަހައްދުގެ ތެރޭގައި އުފައްދާ މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ ޖުމްލަ އަގަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި ބާޒާރުގައި ވިއްކާ ތަކެތީގެ އިތުރުން، ސަރުކާރުން ހިލޭ ފޯރުކޮށްދޭ ތައުލީމީ އަދި ދިފާއީ ހިދުމަތްތައް ފަދަ މުހިންމު ކަންކަންވެސް ހިމެނެ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ރާއްޖޭގެ ޖީޑީޕީ ހުރީ 105.8 ބިލިއަން ރުފިޔާގަ އެވެ. 2024 ވަނަ އަހަރު ޖީޑީޕީ ހުރީ 100.4 ބިލިއަން ރުފިޔާގަ އެވެ.

Advertisement

Advertisement 1

މިދިޔަ އަހަރުގެ ބޮޑު ކުރިއެރުމަށްފަހު، މިއަހަރުވެސް އިގުތިސާދު ބޮޑުތަނުން ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން މި އަހަރު ރާއްޖޭގެ އިގުތިސާދު 4.8 އާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުރިއަރައި، ރިއަލް ޖީޑީޕީ 111.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެބޭންކުން ލަފާކުރެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ތަކެތީގެ އަގަށް އަންނަ ބަދަލުތައް ހިމަނައިގެން ބަލާ ނޮމިނަލް ޖީޑީޕީވެސް މިއަހަރު އިތުރުވާނެ އެވެ. މިދިޔަ އަހަރު 116.3 ބިލިއަން ރުފިޔާގައި ހުރި ނޮމިނަލް ޖީޑީޕީ، މިއަހަރު ނިމޭއިރު 124.4 ބިލިއަން ރުފިޔާއަށް އުފުލޭނެ ކަމަށް ލަފާކޮށްފަ އެވެ.

އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި މި ކުރިއެރުން ބިނާވެފައިވަނީ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، މުވާސަލާތީ ހިދުމަތްތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް އަންނާނެ ކުރިއެރުންތަކުގެ މައްޗަށެވެ. ވަކިން ހާއްސަކޮށް، މިއަހަރުގެ ތެރޭގައި 2.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ބެލެވުމަކީ ގައުމީ އުފެއްދުންތެރިކަން އިތުރުވުމަށް ލިބޭނެ ބޮޑު ބާރެެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިގްތިސޯދުވިޔަފާރި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޖޫން މަހު ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ނަމަވެސް، ކުރު މުއްދަތުގެ ދަރަނިތައް އަދާކުރުމާ އެކު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

ރަސްމީ ރިޒާވް 686 މިލިއަން ޑޮލަރަށް، ބޭނުންކުރެވޭ ރިޒާވް އަދިވެސް ވަރުގަދަ

1 ދުވަސް ކުރިން - 10:27

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

15 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

15 ދުވަސް ކުރިން - 07:25

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

އިގްތިސާދުގެ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

20 ދުވަސް ކުރިން - 13:53

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީ

21 ދުވަސް ކުރިން - 17:16

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

40 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ފުރުސަތުތަކާއެކު "ދިނަފް-48" ރަސްމީކޮށް ތަޢާރަފްކޮށްފި

22 ދުވަސް ކުރިން - 23:28