2025 ގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެތްލީޓަކީ ރޮނާލްޑޯ!

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ | 6 ދުވަސް ކުރިން - 18 ޖެނުއަރީ 2026 21:57
ރޮނާލްޑޯ: އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅޭނެ
ރޮނާލްޑޯ: އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅޭނެ
ޚުލާސާ

ރޮނާލްޑޯއަށް އާމުދަނީގެ ބޮޑު ބައެއް ލިބުނީ ސައުދީ ޕްރޯ ލީގުގެ ޓީމު އަލް ނަޞްރާއެކު ހަދާފައިވާ 200 މިލިއަން ޑޮލަރުގެ އެއްބަސްވުމުންނެވެ.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް އެންމެން ފަހަނައަޅައި ކުރިއަށް ގޮސް އެންމެ ބޮޑު އާމުދަނީއެއް ލިބޭ އެތުލީޓުންގެ ލިސްޓުގެ އެއްވަނަ ހޯދައިފި އެވެ.

ސްޕޯޓިކޯއިން އާންމުކުރި ލިސްޓުގައިވާ ގޮތުން ޕޯޗުގަލްގެ ސުޕަސްޓާއަށް 2025 ވަނަ އަހަރު 260 މިލިއަން ޑޮލަރު (194 މިލިއަން ޕައުންޑް) ލިބުނެވެ. މިއީ ގިނަ ދުވަސްތަކެއް ވާނދެން ރޮނާލްޑޯއާ ވާދަކުރި ލިއޮނަލް މެސީގެ އާމުދަނީގެ ގާތްގަނޑަކަށް ދެގުނަ އެވެ.

ރޮނާލްޑޯއަށް އާމުދަނީގެ ބޮޑު ބައެއް ލިބުނީ ސައުދީ ޕްރޯ ލީގުގެ ޓީމު އަލް ނަޞްރާއެކު ހަދާފައިވާ 200 މިލިއަން ޑޮލަރުގެ އެއްބަސްވުމުންނެވެ. އޭގެ އިތުރަށް އިޝްތިހާރާއި ބްރޭންޑްތަކުންނާއި ދަނޑުން ބޭރުގައި ކުރި ވިޔަފާރީގެ އެކި މުޢާމަލާތްތަކުން ވެސް އޭނާއަށް އެތައް މިލިއަން ޑޮލަރެއް ލިބިފައިވެ އެވެ.

ފާއިތުވި ނުވަ އަހަރު ޖެހިޖެހިގެން ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެތުލީޓުންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންމެ އަހަރަކު މަދުވެގެން 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދަމުން އަންނައިރު، 2025 ވަނަ އަހަރަކީ އޭނާގެ އަހަރީ އާމްދަނީ 200 މިލިއަން ޑޮލަރަށް ވުރެ ގިނަވި، ޖެހިޖެހިގެން ތިން ވަނަ އަހަރެވެ.

ރޮނާލްޑޯއާ ވާދަވެރި އާޖެންޓީނާގެ ތަރި، ފުޓްބޯޅަ ކުޅުންތެރިޔާ ދާދި ފަހުން އިންޓަ މިއާމީއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރިއިރު، އެ އެއްބަސްވުން 2028 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ދާނެ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އަލް ނަސްރުއާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%