އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
އަލްމަނާސިކް ހައްޖު އެންޑް އުމްރާ ގުރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅުނު މި މީހާ ނިޔާވެފައިވަނީ ރޭ 7:35 އެހައިކަންހާއިރު އެވެ. ނިޔާވެފައިވަނީ ކ. މާލެ / މ. ސައްކެޔޮމާގޭ، އުމުރުން 62 އަހަރުގެ މުހައްމަދު އިމްތިޔާޒެވެ.
އިމްތިޔާޒު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފައިވާ ކަމަށާއި އަދި އޭނާއަކީ މީގެ ކުރިންވެސް ހިތުގެ ބަލި ހުންނާތީ ޕޭސްމޭކާ ލައްވާފައިވާ މީހެއް ކަމަށްވެސް އެ ގުރޫޕުން ވަނީ ހާމަކޮށްފަ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ ފުރާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ.






