ރައީސްގެ ދެކަނބަލުން ދުވާފަރުގައި ރުއް އިންދައިދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 10 ގަޑިއިރު ކުރިން - 13 ޑިސެންބަރު 2025 12:20
ރައީސް ދުވާފަރުގައި ރުއް އިންދައިދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސް ދުވާފަރުގައި ރުއް އިންދައިދެއްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ރުއްތައް އިންދައިދެއްވައިފައިވަނީ ސަރުކާރުން ފަށާފައިވާ "5މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ދަށުން. މިހާތަނަށް މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިލިއަނަކާ ގާތަށް ގަސް އިންދައިފި

މަސްވެރިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ. ދުވާފަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސަރުކާރުން ފަށާފައިވާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ދަށުން އެ ރަށުގައި ރުއް އިންދައިދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މި ދަތުރުފުޅުގައި އެ ރަށުގައި ރައީސްގެ ދެކަނބަލުން ވަނީ އެ ރަށުގައި ދެ ރުއް އިންދައިދެއްވައިފަ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޅި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެހެންކަމުން އެ ވައުދު ފުއްދުމަށްޓަކައި މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ގަސް އެކި ކަންކޮޅުތަކުގައި ވަނީ އިންދާފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުން ކުޑަވެ ރާއްޖޭގެ ފެހިކަން އިތުރުވެގެންދާނެ އެވެ. އަދި ޖީލުތަކަށް ރާއްޖޭގެ ވެށީގެ މުއްސަނދިކަން ފޯރުކޮށްދެވޭނެ އެވެ.

މިއަހަރު މަސްވެރިންގެ ދުވަސް ސަރުކާރުން ދުވާފަރުގައި ފާހަގަކުރަމުންދާއިރު އެ ރަށުގައި ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ. އަދި ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ފަށައި ބައެއް މަޝްރޫއުތައް ވަނީ ހުޅުވަން ހަމަޖެހިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%