އެމެރިކާއިން އީރާނުގެ ޑްރޯން ކޮޕީ ކޮށްފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 4 ޑިސެންބަރު 2025 17:01
އެމެރިކާގެ ލޫކަސް ޑްރޯން
އެމެރިކާގެ ލޫކަސް ޑްރޯން
ޚުލާސާ

އެމެރިކާއިން އަލަށް އުފެއްދި ލޫކާސް ޑްރޯނަކީ އީރާނުގެ ޝާހިދު-136 އަސްލަކަށް ބަލައިގެން ހަދާފައިވާ ޑްރޯނެއް. ނަ،މަވެސް އީރާނުގެ ޑްރޯނުން ދޭ ޙަމަލާ މާ ވަރުގަދަ



އީރާނުގެ ޝާހިދު-136 މަރުކާގެ ޑްރޯން: އެމެރިކާއިން ވަނީ މި ޑްރޯން އަސްލަކަށް ބަލައިގެން ޑްރޯނެއް އުފައްދާފަ

ރަޝިޔާ އާއި އެ ޤައުމުގެ އެކުވެރިން ބޭނުންކުރާ އީރާނުން ފަރުމާކޮށްފައިވާ ސުއިސައިޑް ޑްރޯން ކަމަށްވާ ޝާހިދު-136 މަރުކާގެ ޑްރޯން އަސްލަކަށް ބަލައިގެން އެމެރިކާއިން ޑްރޯނެއް ހަދައިފިއެވެ. ލޫކަސް ގެ ނަމުން ނަން ދީފައިވާ މި ޑްރޯނަކީ އީރާނުގެ ޑްރޯނާއި އަޅާބަލާއިރު ލުއި ޑްރޯނެކެވެ. އަދި ގޮއްވާލާއިރު ލިބޭ ގެއްލުން ވެސް އީރާނުގެ ޑްރޯނަށް ވުރެ ކުޑައެވެ.

އީރާނުގެ ޝާހިދު-136 ގައިވާ ވޯހެޑުގައި 50 ކިލޯ ހުރެއެވެ. އަޕްގްރޭޑް ކޮށްފައިވާ ޑްރޯނުގައި 90 ކިލޯގެ ވޯހެޑް ހުރެއެވެ. ނަމަވެސް އެމެރިކާގެ ޑްރޯނުގެ ވޯހެޑަކީ 25 ވަރަކަށް ކިލޯ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.

މިއީ ބޭނުންވާ އަމާޒަށް ގޮސް ޖެހިގަތުމާއި އެކު ގިވާ ގޮތަށް ތައްޔާރުކޮށްފައިވާ ޑްރޯނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%