Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި ސްޓެބިލިޓީ މިއޮތީ ރައްޔިތުން ބޭނުންވި ނަތީޖާ ސަރުކާރުން ނެރެދިނީމަ: ޖާބިރު

ރާއްޖޭގައި ސްޓެބިލިޓީ މިއޮތީ ރައްޔިތުން ބޭނުންވި ނަތީޖާ ސަރުކާރުން ނެރެދިނީމަ: ޖާބިރު

މުހައްމަދު ޖަމްޝަތު
200 ދުވަސް ކުރިން - 22 ނޮވެންބަރު 2025 20:32
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު، އަބްދުﷲ ޖާބިރު---ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު، އަބްދުﷲ ޖާބިރު---ފޮޓޯ: މަޖިލިސް އިދާރާ
ޚުލާސާ

ޖާބިރު ވިދާޅުވީ އެހެން ވެރިކަންތަކާ މި ވެރިކަމުގެ 2 އަހަރު ހާސް ތަފާތުކަމަށް، ރައްޔިތުންނަށް 2 އަހަރުތެރޭ މާގިނަ އަދި ފައިދާހުރި ކަންތައްތައް ކޮށްދީފި ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުން ބޭނުންވި ނަތީޖާ ނެރެދެއްވައި ގައުމު ހަމަމަގަށް އަޅުވައިދެއްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތު އެންމެނަށްވެސް އެނގޭ ކަމަށާއި ވެރިކަމަށް ވަޑައިގެން އެމަނިކުފާނު އެސެސްމެންޓު ހެއްދެވުމަށްފަހު ގައުމު ހަމަ ހަމަގަށް އަޅުވަން ކުރަންހުރި މަސައްކަތްތައް ކޮށްދީ ނަތީޖާ ނެރެދެއްވާފައިވާ ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުގެ ދަރަނިތައް ދައްކައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަހިކޮށްދީ ބަނގުރޫޓުވެފައިވާ އިގްތިސާދު ނަގައި ކޮޅަށް ޖަހާފައިވާ ކަމަށާއި ރައްޔިތުން އެދޭ ނަތީޖާއަކީ އެއީ ކަމަށް ޖާބިރު ވިދާޅުވި އެވެ.

އެގޮތުން ގައުމުކުރިއަރައި ގޮސް ނިޒާމު ހަރުދަނާވެ، ވިޔަފާރިތައްވެސް ނަގާ ކޮޅަށް ޖަހާފައިވާކަން ޖާބިރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"ނަތީޖާ ނެރެވުނީމަތާ ސްޓޭބިލިޓީ މިއޮތީ. އެއީ ރައްޔިތުން ގަބޫލުކުރި ނަތީޖާއަކީ،" ޖާބިރު ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ބޮޑު އަނދަވަޅެއްގެ ތެރޭގައިކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ދައުލަތުގެ ވަތްގަޑުގައި އެއްވެސް އެއްޗެއް ނެތް ކަމަށާއި ކުރިޔަށް އޮތްތަނުގައި ގައުމަށް ލިބެން އޮތް އެއްޗެއްވިޔަސް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އޮތީ ހުސްކޮށްލާފައި ކަމަށެވެ.

އަދި އެއާ ވިދިގެން ގައުމު ބަނގުރޫޓުވެއްޖެކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް މިހާރު ފެނިގެންދަނީ މިސަރުކާރުން ކަންތައްތައް މެނޭޖްކޮށް ގައުމުގެ ހާލަތު ބަދަލުކޮށްފައިވާ މަންޒަރުކަމަށް ޖާބިރު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ބޭފުޅަކަށް މިފަދަ ޑިސިޝަންތައް ނެންގެވުމަކީ އެއީ ވަރަށް ކެޕޭސިޓީ ހުރެގެން އެކަން ކުރެވޭނީ، ވަރަށް މުރާލިވެގެން ނޫނިއްޔާ ނުކުރެވޭނެ ވަރަށް ގިނަ ކަންތައްތައް ހަމަޖެހިގެން މިދިޔައީ،" ރައީސް މުއިއްޒު ޑޮލަރުގެ މައްސަލަ ހައްލުކުރެއްވިގޮތަށް އިޝާރާތްކުރައްވައި ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މި ސަރުކާރުން ހުރިހާ ކަމެއް ބައްޓަންކުރަނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް އެންމެ ރަނގަޅަށް ކަމަށާއި ފާއިތުވި ސަރުކާރުތަކާއަޅާބަލާއިރު ރައީސް މުއިއްޒުގެ ވެރިކަމުގައި މާގިނަ އަދި ފައިދާހުރި މަސައްކަތްތަކެއް މި ދެއަހަރު ކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

އަބްދުﷲ ޖާބިރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

އަބްދުﷲ ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

49 ދުވަސް ކުރިން - 13:52

އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި

އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ކޯޓުން ކަނޑައަޅައިފި

100 ދުވަސް ކުރިން - 17:01

މަޖިލިސް ތަޅުމުގައި އެންމެން ހެއްވާލަދިން ޖާބިރުގެ ތާއީދު ރައީސް މުއިއްޒު އަށް

ޖާބިރުގެ ތާއީދު ރައީސް ޑރ. މުޢިއްޒު އަށް

210 ދުވަސް ކުރިން - 21:31