ސައުދީ އަރަބިއްޔާއަށް އެފް-35 ފަޔަރ ޖެޓް ވިއްކާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.
އެމެރިކާ އަށް މިހާރު ވަޑައިގެން ގޮސް އުޅުއްވާ ސައޫދީ ޕްރިންސް މުޙައްމަދު ސަލްމާން ވިދާޅުވީ 1 ޓްރިލިއަން ޑޮލަރު އެމެރިކާގައި އިންވެސްޓް ކުރައްވާނެ ކަމަށެވެ. އޭގެތެރޭގައި ޒަމާނީ ހަތިޔާރުތައް ގަތުން ވެސް ހިމެނެއެވެ.
ރިޔާޟުން އެދިފައިވަނީ އެންމެ ފަހުގެ އެފް-35 ގެ 48 ބޯޓު ގަތުމަށެވެ. އިޒްރޭލުގައި އޮންނަނީ މި ބާވަތުގެ 45 ބޯޓެވެ. ނަމަވެސް އެމެރިކާ އިން ސައޫދީ އަށް ދެނީ އިސްރާއީލުގައިވާ ޖެޓް ތަކަށް ވުރެ ކުޑަތަންކޮޅެއް ފެންވަރު ދަށް ޖެޓުތައް ކަމަށް އެމެރިކާ އިން ވަނީ ކަށަވަރުކޮށްދީފައެވެ. އެއީ އެމެރިކާގެ ޕޮލިސީ ވެސް މެއެވެ.
އެފް-35 ގެ ފަޔަރ ޖެޓް ގަލްފުގެ އެއްވެސް ޤައުމެއްގައި ނުހުރެއެވެ. މެދުއިރުމައްޗާއި އެ ސަރަޙައްދުން ވެސް މި ބާވަތުގެ ޖެޓުތައް ހަމައެކަނި ހުރޚ އިސްރާއީލުގައެވެ.
ސައޫދީން އެމެރިކާ އާއި އެކު ހަދަން އުޅޭ މި ޑީލް ފައިނަލް ވާނީ އެމެރިކާގެ ކޮންގްރެސް އިން ރުހުން ދިނުމުންނެވެ.






