Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައުތު ކޮރެއާގެ އަމިއްލަ ގައުމުގައި ބްރެޒިލުން އެމީހުން ލަދު ގަންނުވާލައިފި

ސައުތު ކޮރެއާގެ އަމިއްލަ ގައުމުގައި ބްރެޒިލުން އެމީހުން ލަދު ގަންނުވާލައިފި

އައިޝަތު އީމާން
334 ދުވަސް ކުރިން - 10 އޮކްޓޫބަރު 2025 18:23
ބްރެޒިލްގެ ފޯވާޑު އެސްޓީވާއޯ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައި.
ބްރެޒިލްގެ ފޯވާޑު އެސްޓީވާއޯ. އޭނާ ވަނީ މި މެޗުގައި ދެ ގޯލު ޖަހާފައި.
ޚުލާސާ

ރަހުމަތްތެރިކަމުގެ މި މެޗުގައި ބްރެޒިލް މޮޅުވެފައިވަނީ 0-5 ގެ ނަތީޖާއިން. އަންގާރަ ދުވަހު ބްރެޒިލުން ޖަޕާނާއި ދެކޮޅަށް ނިކުންނާނެ.

ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ސައުތު ކޮރެއާގެ އަމިއްލަ ގައުމުގައި ބްރެޒިލުން އެމީހުން 0-5 ގެ ނަތީޖާއަކުން ލަދު ގަންނުވާލައިފި އެވެ.

އިންޓަނޭޝަނަލް ބްރޭކުގައި މިއަދު ހަވީރު ކޮރެއާގެ ސޯލް ވޯލްޑް ކަޕު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެސްޓީވާއޯ އަދި ރޮޑްރީގޯ ވަނީ ކޮންމެ ކުޅުންތެރިޔެެއް ދެ ގޯލު ޖަހައިދީފަ އެވެ. ދެން ގޯލު ޖަހާފައިވަނީ ވިނީޝިއަސް ޖޫނިއާ އެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އެސްޓީވާއޯ، ސައުތު ކޮރެއާގެ ގޯލު ހުޅުވާލީ ބްރޫނޯ ގުއިމަރޭސް ތަނަވަސްކޮށްދިން ރީތި ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް މެޗުގެ ދެވަނަ ގޯލު ރޮޑްރީގޯ ގޯލަށް ފޮނުވާލީ ކަސެމީރޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

Advertisement

Advertisement 1

މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތައް ވެސް ގޯލަށް ފޮނުވާލާފައިވަނީ ދުނިޔޭގެ ޗެމްޕިއަން ރެކޯޑު އަދަދަކަށް ހޯދި ބްރެޒިލުންނެވެ. ޖުމްލަ 14 ހަމަލާ ގޯލަށް ފޮނުވާލިއިރު އޭގެ ތެރެއިން ހަތް ހަމަލާ ވަނީ ގޯލާ އަމާޒުވެފަ އެވެ. ކޮރެއާއަށް ޖުމްލަ ފޮނުވާލެވުނީ ހަތަރު ހަމަލާ އެވެ. އަދި ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ.

މެޗުގެ ތިން ވަނަ ގޯލު 48 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ގޯލު ވެސް ޖަހައިދިން އެސްޓީވާއޯ އެވެ. އޭނާ މި ގޯލު ޖަހާފައިވަނީ ކޮރެއާގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ. އޭގެ މިނެޓެއް ފަހުން ރޮޑްރީގޯ ވަނީ މެޗުގެ ހަތަރު ވަނަ ގޯލު ޖަހާފަ އެވެ. މި ގޯލަކީ ވެސް ސައުތު ކޮރެއާގެ ކުޅުންތެރިން އެމީހުންގެ ހާފުގައި ގޯސްތަކެއް ހަދައިގެ އޭގެ ފައިދާ ނަގައި ޖެހި ގޯލެކެވެ. އަދި މެޗުގެ ފަހު ގޯލު 77 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވިނީޝިއަސް އެވެ. އޭނާ އަށް މި ގޯލު ޖަހަން އޭހީވީ މެތިއުސް ކުންހާ އެވެ.

ބްރެޒިލްއާ ވާދަކޮށް ސައުތު ކޮރެއާ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެއް އަދި އެއްވަރު ވެފައެއް ވެސް ނުވެ އެވެ. ފަސް މެޗުން ވެސް މޮޅުވީ ބްރެޒިލް އެވެ.

އަންނަ އަންގާރަ ދުވަހު ރަހުމަތްތެރިކަމުގެ މެޗެއްގައި ބްރެޒިލާއި ޖަޕާން ބައްދަލުކުރާނެ އެވެ. ޖަޕާނުގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން 15:30 ގައެވެ.

ބްރެޒިލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

ބްރެޒިލްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޮސް އިސްލާމްދީން ގަބޫލުކޮށްފި

21 ދުވަސް ކުރިން - 10:25

ދިވެހިންގެ އެންމެ ބޮޑު ސަޕޯޓެއް އޮތް ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

ބްރެޒިލް ކަޓުވާލައި، ނޯވޭ ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް

65 ދުވަސް ކުރިން - 03:02

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

ފަހު މިނެޓުގައި ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް!

71 ދުވަސް ކުރިން - 00:01

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ވޯލްޑް ކަޕްގެ ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

ވިނީޝިއަސްގެ ޖާދޫގައި ބްރެޒިލް ކުރިއަށް: ލެޖެންޑުންގެ ރެކޯޑުތަކާ އަރާ ހަމަކޮށްފި

72 ދުވަސް ކުރިން - 21:59

ފަސް ތަރީގެ ބްރެޒިލް އެމީހުންގެ ފެންވަރު ދައްކާލާ، ވަރުގަދަ ހައިޓީގެ ދުވަސް ދުއްވާލައިފި

ފަސް ތަރީގެ ބްރެޒިލް އެމީހުންގެ ފެންވަރު ދައްކާލާ، ހައިޓީގެ ދުވަސް ދުއްވާލައިފި

81 ދުވަސް ކުރިން - 07:32

އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން މާޔޫސްކޮށްލުމަށްފަހު އެމްބާޕޭގެ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

ވާދަވެރިން މާޔޫސްކޮށްލުމަށްފަހު އެމްބާލޭ ދެ ގޯލާއެކު ފްރާންސް މޮޅުވެއްޖެ

84 ދުވަސް ކުރިން - 05:49