Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕެލެސް ބަލިނުވެ 18 މެޗު، އެންމެ ފަހުން ލިވަޕޫލްގެ ޒަމާން ދުއްވާލައިފި

ޕެލެސް ބަލިނުވެ 18 މެޗު، އެންމެ ފަހުން ލިވަޕޫލްގެ ޒަމާން ދުއްވާލައިފި

އައިޝަތު އީމާން
346 ދުވަސް ކުރިން - 28 ސެޕްޓެންބަރު 2025 12:00
ޕެލެސް މޮޅުކޮށްދިން ގޯލު ފަހު މިނެޓުގައި ޖަހައިދިން ކެއިޓަރ - ފޮޓޯ: ޑެއިލީ މެއިލް
ޕެލެސް މޮޅުކޮށްދިން ގޯލު ފަހު މިނެޓުގައި ޖަހައިދިން ކެއިޓަރ - ފޮޓޯ: ޑެއިލީ މެއިލް
ޚުލާސާ

ލިވަޕޫލް އަތުން ޕެެލެސް މޮޅުވެފައިވަނީ ފަހު މިނެޓުގައި ޖެހި ގޯލާއެކު. ޕެލެސް ދެވަނައިގައި އޮތީ ލިވަޕޫލްއާ ތިން ޕޮއިންޓް ފަރަގެއްގައި.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރެއަކީ ބޮޑެތި ކުލަބުތަކަށް އެހާ ފަސޭހަ ރެޔަކަށް ނުވިއެވެ. މެންޗެސްޓަރ ޔުނައިޓެޑް އަދި ޗެލްސީ ބަލިވެގެންދިޔައިރު ޓޮޓެންހަމް މިވަނީ ތާވަލުގެ ފުލުގައި އޮތް ވުލްވްސް އަތުން އެއްވަރުވެފައެވެ.

ނަމަވެސް ބޮޑު ހިތްދަތިކަމެއް ކުރިމަތިލާން ޖެހުނީ ރަނގަޅު ފޯމެއްގައި އޮތް ލިވަޕޫލެވެ. ބަލިނުވެ 18 މެޗު ހިފަހައްޓާލާ އެންމެ ފަހުން ޕެލެސްއިން މިވަނީ މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވޭ ލިވަޕޫލްގެ ޒަމާން އެންމެ ފަހު މިނެޓުގައި ދުއްވާލާފައެވެ. 1-2 ގެ ނަތީޖާއިން ބަލިވި މި މެޗާ ހަމަޔަށް މި ސީޒަނުގައި އެ ކުލަބު ބަލިވެފައެއް ނުވެއެވެ.

ބޮޑެތި ޓީމުތަކަށް ބޮޑު ބިރަކަށް ވެފައިވާ ޕެލެސް ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ގޯލެއް ޖަހައި ލިވަޕޫލް ހާސްކަމެއްގެ ތެރެއަށް ވައްޓާލާފައެވެ. ލިބުނު ކޯނަރެއްގައި ލިވަޕޫލްގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ބޭނުންހިފައި ޕެލެސްއަށް ގޯލު ޖަހައިދީފައިވަނީ އިސްމައިލާ ސާރ އެވެ. ލިވަޕޫލަށް އެއްވަރުކޮށްދިން ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޗިއޭސާ އެވެ. 87 ވަނަ މިނެޓުގައި ޗިއޭސާ މި ގޯލު ޖަހާފައިވަނިކޮށް ލިވަޕޫލް މޮޅުވުމުގެ ސްޓްރީކް ޕެލެސްއިން ދުއްވާލީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޑީ ކެއިޓަރ އެވެ.

Advertisement

Advertisement 1

މި މެޗުގެ ކުރިން ލިވަޕޫލް އެންމެ ފަހުން ލީގުގައި ބަލިވެފައިވަނީ މިއަހަރު މެއި މަހުގައި ބްރައިޓަން އަތުންނެވެ. އަދި ލީގުގައި ބަލިނުވެ 14 މެޗު ޕެލެސްއިން މިވަނީ ހަމަކޮށްފައެވެ.

ޕްރިމިއަރ ލީގުގެ ތާވަލަށް ބަލާއިރު އެއްވަނައިގައި 15 ޕޮއިންޓާއެކު އަދިވެސް އޮތީ ލިވަޕޫލެވެ. ދެވަނައިގައި 12 ޕޮއިންޓާއެކު ޕެލެސް އޮތްއިރު ތިން ވަނައިގައި 11 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމެވެ. މިރޭ އާސެނަލްއާ ނިއުކާސަލް ބައްދަލުކުރާ މެޗުން އާސެނަލް މޮޅުވެއްޖެނަމަ ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ކްރިސްޓަލް ޕެލަސްލިވަޕޫލްއިނގިރޭސި ޕްރިމިއަރ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

9 ދުވަސް ކުރިން - 22:27

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

44 ދުވަސް ކުރިން - 20:03

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

100 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

102 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

107 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

107 ދުވަސް ކުރިން - 12:14