މާދަމާއިން ފެށިގެން ދިވެހިރާއްޖެއަށް މުދާ އެތެރެކުރުމާއި ބެރުކުރުމާ ގުލުންހުރި ހުރިހާ ހިދުމަތްތަކެއ ލިބެނީ ހަމައެކަނި "ޓްރެޑިއަން" ޕޯޓަލް މެދުވެރިކޮށްކަމަށް ޓްރޭޑް ނެޓުން ހާމަކޮށްފި އެވެ.
ޓްރޭޑް ނެޓުން ބުނީ، މި މަހުގެ 21 ވަނަ ދުވަހަކީ މިކަމަށް ކަނޑައަޅާފައިވާ "ކަޓްއޮފް" ދުވަސްކަމަށާއި، ވިޔަފާރިވެރިން މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.
ނެޝަނަލް ސިންގަލް ވިންޑޮ "ޓްރެޑިއަން" އަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއ މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބެނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އަންނަ ހިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދެނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
އެގޮތުން، އިމްޕޯޓް އެކްސްޕޯޓާއި ގުލުންހުރި އިދާރާތައް އެއް ވިއުގައަކުން ގުލާލުމަށް އުފައްދާފައިވާ ޓްރެޑިއަން ޕްލެޓްފޯމް މިހާރުވެސް ދަނީ ބެނުންކުރަމުންނެވެ. މި ޕްލެޓްފޯމުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިންވެސް ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ދައުލަތުގެ މީޑިއާ ޕޮރްގްރާމެއްގައި ވާހަކަދައްކަވަމުން ޓްރޭޑް ނެޓްގެ ޖެނެރަލް މެނެޖަރ އަހްމަދު ސަމޫން ވިދާޅުވީ، ޓްރެޑިއަން ޕޯޓަލްގައި 17 ވަރަކަށް އެޖެންސީ މިހާރު ހަރަކާތްތެރިވަމުންދާކަމަށެވެ. މިމަހުގެ 21 ގެ ފަހުން އިމްޕޯޓް އެކްސްޕޯޓާއި ގުލުންހުރި ހިދުމަތްތައް ލިބެނީ ހަމައެކަނި ޓްރެޑިއަންގެ ޕޯޓަލްއިންކަމަށާއި އެހެންކަމުން ހިދުމަތް ހޯދާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ރަޖިސްޓްރީކުރުމަށް ސަމޫން އިލްތިމާސްކުރެއްވި އެވެ.
ސަމޫން ބުނީ، ރަޖިސްޓްރީ ކުރުމަށް ފަސެހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން އީފާސް މެދުވެރިކޮށް tradian.gov.mv އިން ރަޖިސްޓްރެޝަން ފޯމު ފުރުމުން ރަޖިސްޓަރ ވެވެނެކަމަށެވެ.
ޓްރެޑިއަން ޕޯޓަލްގައި ރަޖިސްޓްރީވާން ހުޅުވާލީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އެވެ. މިހާތަނަށް ޝިޕިން އެޖެންޓުންގެ 58 އެޖެންޓުންނަށްވުރެ ގިނައިން ރަޖިސްޓްރީ ކޮށްފައިވާކަމަށާއި، ފްރައިޓް ފޯވާޑްގެ ތެރެއިން 70އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާކަމަށް ޓްރެޑްނެޓުން ފާހަގަކުރި އެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ އިގްތިސާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖެއގެ ވިޔަފާރިވެރިންގެ ހިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މިކަމާއި ގުލެ ގިނަ ބައްދަލުވުންތަކެއ ޓްރޭޑް ނެޓުގެ ފަރާތުން ވަނީ ބާއްވާފަ އެވެ.





