މާދަމާ އަކީ ރަސޫލާގެ އީދު މީލާދީ ދުވަސް، ސަރުކާރު ބަންދުވާނެ!

އައިޝަތު ޝިފްނާ ހުސައިން | 13 ގަޑިއިރު ކުރިން - 3 ސެޕްޓެންބަރު 2025 19:54
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ އިމާރާތް.--ފޮޓޯ:ސަން
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ އިމާރާތް.--ފޮޓޯ:ސަން
ޚުލާސާ

ކޮންމެ އަހަރެއްގެވެސް އެ ދުވަސް ދިވެހި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައާޅފައި ވަނީ މިދުވަހަށް އިހުތިރާމުކުރުމުގެ މަގުސަދުގަ އެވެ.

މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިއެވެ.

ސަރުކާރު ބަންދު ދުވަހެއް ގޮތުގައި މާދަން ކަނޑައަޅާފައިވަނީ ކީރިތި ރަސޫލާގެ އީދު މީލާދީ ދުވަހަށްވާތީ އެވެ. އީދު މީލާދީ ދުވަހަކީ ގިނަ މުސްލިމް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ކީރިތި ރަސޫލާގެ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސް ގޮތަގައި ފާހަގަ ކުރާ، ރަބީއުލް އައްވަލު މަހުގެ 12 ވަނަ ދުވަހެވެ.

ކޮންމެ އަހަރެއްގެވެސް އެ ދުވަސް ދިވެހި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މިދުވަހަށް އިހުތިރާމު ކޮށް ރަސޫލާއާއި މެދު ޖީލުތަކުގެ މެދުގައި ލޯބި ޖެއްސުމަށެވެ.

މިދުވަސް ފާހަގަކުރަން ފަށާފައިވާ ކަމަށް ތާރީހީ އިލްމުވެރިން ވިދާޅުވަނީ ޝިއާ ފިރުގާއެއްކަމަށްވާ ފާތިމީންގެ ވެރިކަމުގައި އެބައިމީހުންނެވެ. އެއަށްފަހު އުސްމާނީ ހިލާފަތުގައި އީދު މީލާދު ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ މީލާދީން 1588 ގައި ކަމަށްވެ އެވެ. އެގޮތުން މިސްރާއި ސޫދާންގައި މިދުވަސް ވަރަށް އާއްމުކޮށް ފާހަގަކުރަމުން އާދެ އެވެ.

ނަމަވެސް، ސައުދީ އަދި ގަތަރުފަދަ ގައުމުތަކުގައި މިދުވަސް ފާހަގައެއް ނުކުރެ އެވެ. އަދި ގިނަ ސުންނީ ދަންނަބޭކަލުން ވެސް މިދުވަސް ފާހަގަކުރުމާއި ދެކޮޅުހައްދަވަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%