Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފަހު ވަގުތު 16 އަހަރުގެ ރިއޯ ޖަހައިދިން ގޯލާއެކު ނިއުކާސަލް އަތުން ލިވަޕޫލް މޮޅުވެއްޖެ

ފަހު ވަގުތު 16 އަހަރުގެ ރިއޯ ޖަހައިދިން ގޯލާއެކު ނިއުކާސަލް އަތުން ލިވަޕޫލް މޮޅުވެއްޖެ

އައިޝަތު އީމާން
289 ދުވަސް ކުރިން - 26 އޯގަސްޓް 2025 02:43
ފަހު މިނެޓުގައި ޖެހި ގޯލާއެކު ރިއޯ އުފާފާޅުކުރަނީ - ފޮޓޯ: ލިވަޕޫލް
ފަހު މިނެޓުގައި ޖެހި ގޯލާއެކު ރިއޯ އުފާފާޅުކުރަނީ - ފޮޓޯ: ލިވަޕޫލް
ޚުލާސާ

މި މެޗުގެ ފަހު ހާފު ނިއުކާސަލް ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށް. މި މޮޅާއެކު ގޯލުގެ ތަފާތާއެކު ލިވަޕޫލް އޮތީ ތިން ވަނައިގައި.

އިނގިރޭސި ޕްރިމިއަރ ލީގުގައި ފަހު މިނެޓުގައި ނިއުކާސަލް ބަލިކޮށް 2-3 ގެ ނަތީޖާއިން ލިވަޕޫލް މޮޅުވެއްޖެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ގްރެވެންބާޗް ގެ ގޯލާއެކު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިވަޕޫލްގެ ވެން ޑައިކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ނިއުކާސަލްގެ އެންތޮނީ ގޯޑަން އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ކާޑު ރެފްރީ ދައްކާފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ.

ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި 80 މިލިޔަން ޔޫރޯ އަށް ލިވަޕޫލާ އަލަށް ގުޅުނު ފޯވާޑު ހޫގޯ އެކިޓެކޭ ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ. މި ގޯލު ޖަހަންވެސް އެހީތެރިވެދިނީ ގަކޮޕޯ އެވެ.

Advertisement

Advertisement 1

މެޗުގެ ފޯރި އިތުރަށް ގަދަވެފައިވަނީ 57 ވަނަ މިނެޓުގައި ނިއުކާސަލްގެ ބްރޫނޯ ގުއިމަރޭސް ގޯލެއް ޖެހި ހިސާބުންނެވެ. މި ގޯލާއެކު ލިވަޕޫލްގެ ގޯލަށް ފުލުފުލުގައި ނިއުކާސަލުން ދިޔައީ ނުރައްކާ ކުރަމުންނެވެ. އޭގެ ނަތީޖާއަކަށްވީ 88 ވަނަ މިނެޓުގައި ވިލިއަމް އޮސޫލާ ގޯލެއް ޖަހައި ނަތީޖާ 2-2 އަށް ބަދަލުކުރުމެވެ.

ނިއުކާސަލްގެ ހިތް ކުދިކުދިވީ ފަހު މިނެޓުގައި ނުރައްކާތެރި ފޯވާޑު މުހައްމަދު ސަލާހު ހުރަސްކޮށްދިން ބޯޅަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 16 އަހަރުގެ ރިއޯ ގޯލަށް ވައްދާލި ހިސާބުންނެވެ. މިއީ ރިއޯ ލިވަޕޫލަށް ކުޅުނު ރަސްމީ ފުރަތަމަ މެޗެވެ. އަދި ފުރަތަމަ ގޯލެވެ. މި ގޯލު ވެގެންދާނީ އޭނާގެ ކެރިއަރުގެ ތާރީހީ ގޯލަކަށެވެ.

މި މޮޅާއެކު ލިވަޕޫލަށް ވަނީ ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އަދި ނިއުކާސަލަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ.

ލިވަޕޫލްނިއުކާސަލްއިނގިރޭސި ޕްރިމިއަރ ލީގު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

11 ދުވަސް ކުރިން - 19:29

ޕްރިމިއަރ ލީގު 2025-26: އެންމެ ކާމިޔާބު އަދި އެންމެ ހިތްދަތިވި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

16 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް: އިއްތިހާދުގައި އޮތް ރަން ދައުރެއްގެ ނިމުން

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

16 ދުވަސް ކުރިން - 12:14

މިޑްލްސްބަރާ ބަލިކޮށް، ހަލް ސިޓީން އަލުން އިނގިރޭސި ޕްރިމިއާ ލީގަށް

ހަލް ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް

18 ދުވަސް ކުރިން - 22:55

ޕްރިމިއާ ލީގުގެ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ބްރޫނޯ ފެނާންޑޭޒް ހޯދައިފި

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔަކަށް ބުރޫނޯ ފެނާންޑޭޒް

18 ދުވަސް ކުރިން - 22:38