ދައުރު ނިމުމުގެ ކުރިން ރަސްމާލޭގެ ފެނާއި ނަރުދަމާ އަދި ގޯތިގެދޮރުގެ މަސައްކަތް ފަށާނެ: ނަރީޝް

އައިޝަތު ރުވާ ރިފްޢަތު | 109 ދުވަސް ކުރިން - 18 އޯގަސްޓް 2025 16:32
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރު އަޙްމަދު ނަރީޝް
ޚުލާސާ

ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ރަސްމާލޭގައި ބޭސިކް އިންފްރާސްޓްރަކްޗާ ޤާއިމުވެ، ބޯހިޔާވަހިކަމުގެ ހައްލު ލިބިގެންދާކަމަށްވެސް ނަރީޝް ފާހަގަކުރެެއްވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ރަސްމާލޭ މަޝްރޫއުގެ ދަށުން ގޯތިތަކަށް ލޭންޑްފިލްކޮށް ހިއްކަމުންދާ ބިންތައް މިހާރު ހިކެންފަށާފައިވާ ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ ހޮޅިތައް ބިމުއަޑީ ވަޅުލެވި، މަގުތަކުގެ މަސައްކަތް ފެށި، ފްލެޓްތައް އުފުލި ގޯތިތަކުގައި ގެދޮރު އެޅުން ފެށިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ރަސްމާލޭ މަޝްރޫއުގެ ކުރިއެރުމާ ގުޅޭ ގޮތުން މިއަދު އެކްސްގައި ކުރެއްވި ފޯސްޓެއްގައި ނަރީޝް ވިދާޅުވި، ރަސްމާލޭގައި ފަޅު މިހާރު އެއްގަމަށް ވާންފަށާފައިވާ ކަމަށާއި، ގޯތިތައް ހިކުމުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ މި ދައުރު ނިމުމުގެ ކުރިން ރަސްމާލޭގައި ބޭސިކް އިންފްރާސްޓްރަކްޗާ ގާއިމުވެ، ބޯހިޔާވަހިކަމުގެ ހައްލު ލިބިގެންދާކަމަށްވެސް ނަރީޝް ފާހަގަކުރެއްވި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ބިންވެރިޔާ5

106 ދުވަސް ކުރިން - 12:20

ސަރުކާރުގެ ފަރާތުން އަންނަ ޚަބަރެއް ގައިވެސް ރަސްމާލެ ވާހަކަ ނޫން ވާހަކައެއް ދައްކާތަން ނުފެނޭ! މީ ވަރަށް ބޮޑު ކަންބޮޑުވުމެއް! ވަރަށް ބޮޑު ބޭއިންސާފެއް! ރައީސް މުޢިއްޒު ވެރިކަމަށް ވަޑާންނަވަން ކުރެއްވި އެންމެ ބޮޑު އެއް ވަޢުދަކީ، މާލޭ ރައްޔިތުންނަށް ވީ ވަޢުދުތައް، ނުނިމި ހުރީ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް! ރަސްމާލެ ޕޮރެޖެކްއަށް ދިން ވޯޓެއް ނޫން އިނގޭތޯއެއީ!ރައްޔިތުންނަށް ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލާ، ދޮގުހަދާ، ރައްޔިތުންގެ ޓެކްސް ފައިސާ އެއްކޮށް ތި ހުސްކުރަނީ ރަސްމާލެ އަށް!މީ ނޫންތޯ ޚަޤީޤީ ޙިޔާނާތްތެރިކަމަކީ؟ މީ ނޫންތޯ ޚަޤީޤީ ކެހިވެރިކަމަކީ؟..