Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފޯލަވަހި މައްސަލަ ކުރިއަށްނުގެންދެވުނީ ސޯލިހުގެ ސިއްރު ސިޓީގެ ސަބަބުން: ހަލީލް

ފޯލަވަހި މައްސަލަ ކުރިއަށްނުގެންދެވުނީ ސޯލިހުގެ ސިއްރު ސިޓީގެ ސަބަބުން: ހަލީލް

މުހައްމަދު ޖަމްޝަތު
343 ދުވަސް ކުރިން - 13 އޯގަސްޓް 2025 14:05
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް----
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް----
ޚުލާސާ

ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ދިނުމަށް ނިންމައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ 2022 އޮގަސްޓު 22ގަ.

ޗާގޯސް ނުވަތަ ފޯޅަވަހި މައްސަލައިގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިއްރު ސިޓީއެއް ނުފޮނުއްވި ނަމަ ރާއްޖެއަށް ގެއްލިފައިވާ ކަނޑުގެ ސަރަހައްދާއި ފޯޅަވަހީގެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ހަލީލް މިހެން ވިދާޅުވީ ފޯޅަވަހި މައްސަލާގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އާއި މިހާރު ގެންގުޅޭ ސްޓޭންޑާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު ކުރެއްވި ސުވާލަށް ޖަވާބު ދެެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގެއްލުނު ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނަށް މުހިންމު ކަނޑެއް ކަމަށާއި އެއީ ގިނަ އަދަދަކަށް މަސްބާނާ ސަރަހައްދެއް ކަމަށެވެ. އަދި އެމައްސަލައިގައި ސަރުކާރުން އޭރު ފޮނުވި ސިޓީ ނުފޮނުވި ނަމަ ކަނޑު ހޯދުމާއި ފޯޅަވަހި ހޯދުމުގެ މައްސަލައަކީ ދިވެހިންނަށް ކުރިއަށްގެންދެވެން އޮތް މައްސަލައެއްކަން ވަރަށް ސާފުކޮށް އެނގޭކަމަށެވެ.

Advertisement

Advertisement 1

"ހަގީގަތަކީ އެ ސިޓީ ބޭރުނުވި ނަމަ، މިދިޔަ ސަރުކާރުން ދޫނުކުރި ނަމަ އެ ކަނޑުގެ މައްސަލައާއި ފޯޅަވަހި މައްސަލައަކީ ވަރަށް ސާފުކޮށް ދިވެހިންނަށް ކުރިއަށްދެވެން އޮތް މައްސަލައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މައްސަލައެއް މައްލަސައަކީ.." ހަލީލު ވިދާޅުވި އެވެ.

ހަލީލު ވިދާޅުވީ ފޯޅަވަހި މައްސަލައިގައި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ބޭރުގެ އެކިއެކި ލޯޔަރުން ހޯދައިގެން އެމައްސަލަ އިތުރަށް ރިވިއުކުރުމުގެ މަސައްކަތް ކަމަށެވެ.

200 މޭލުގެ އިގްތިސާދީ ސަރަހައްދު ރާއްޖެއިން ދޫކޮށްލައި މޮރިޝަސްއަށް ދިނުމަށް ނިންމައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވީ 2022 އޮގަސްޓު 22ގަ އެވެ. މި ސިޓީ އާއްމުކުރަން އެ ސަރުކާރުން ދެކޮޅުހަދަމުން ދަނިކޮށް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓު ކުރިމަތިވެފައިވަނީކޮށް އެ ސިޓީ ވަނީ ސޯޝަލްމީޑިއާގައި ލީކުކޮށްލައިފަ އެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްމިނިސްޓްރީ އޮފް ފޮރިން އެފެއާޒްރައްޔިތުންގެ މަޖިލިސް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

7 ދުވަސް ކުރިން - 20:25

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

8 ދުވަސް ކުރިން - 13:08

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ދިޔާނާ

15 ދުވަސް ކުރިން - 12:00

ކޮތަޅު ފީ އަށް ލުއި ދޭ އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފި

ކޮތަޅުން ދެރުފިޔާ ނުނަގާ ގޮތަށް ފުރަތަމަ ކިޔުން އިއްވައިފި

15 ދުވަސް ކުރިން - 10:45

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

27 ދުވަސް ކުރިން - 13:00

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

އިންޑޮނީޝިއާއަށް ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރަކަށް، ޑރ. މަރްޔަމް ޝަބީނާ ހަމަޖައްސަވައިފި

27 ދުވަސް ކުރިން - 11:10