އިންޑިއާގެ ނިކޮބާ އައިލެންޑްސް ކައިރިއަށް ރިކްޓަ މިންގަނޑުން 6.2 ގެ ބާރުމިނުގައި އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމެއްގެ އަސަރު ރިކޯޑުކުރެވިފައިވާ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރޭ 11:45 ހާއިރު އައި ބިންހެލުމުން ހުޅުމާލެ އާއި މާލެ އަށް ވެސް ލޮޅުމެއްގެ އަސަރުކުރިކަމުގެ ރިޕޯޓްތަކެއް ލިބިފައިވާކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނީ މި ބިންހެލުމާ ގުޅީގެން ކުޑަ ލޮޅުމެއް އައި ކަމުގައި ވިޔަސް މިކަމުގެ ސަބަބުން ރާއްޖެއަށް އިތުރު ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.މީގެ އިތުރުން މެޓުން ބުނީ މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިފައިނުވާކަމަށެވެ. ނަމަވެސް 2004 ވަނަ އަހަރު ވަނީ ހަމަ އިންޑޮނޭޝއިއާއަށް އައި ބިންހެލުމެއްގެ ސަބަބުން ރާއްޖެއަށް ސުނާމީއެއް އަރައިފައެވެ.